ލަފާ ފުރުން މަނާކޮށްފައި އޮތް ށ. ނަރުދޫގެ ރައްޔިތުންނަށް އެއަތޮޅު ފުނަދޫ ރައްޔިތުންގެ ފަރާތުން އެހީގެ ތަކެތި ފޯރުކޮށްދީފިއެވެ.
ފުނަދޫ ރައްޔިތުން ފޮނުވި ތަކެތީގެ ތެރޭގައި ނޫޑުލްސްއާއި، ފެނާއި އަދި ކެއުން ބުއިމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި ހިމެނެއެވެ. މިތަކެތި މިއަދުގެ ވަގުތެއްގައި ވަނީ އެ ރަށަށް ފޮނުވާފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫ އަށް ނިސްބަތްވާ އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފެއެވެ. އަދި ފަހުން ނަރުދޫގެ 11 މީހަކު ވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
ނަރުދޫގެ 85 ގެއަށް ފުނަދޫ ރައްޔިތުންގެ ފަރާތުން އެހީގެ ޕެކޭޖުތަކެއް ހަދިޔާކޮށްފައިވާއިރު އޭގައި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެއްޗާއި، ރޯމަސް ހިމެނޭކަމަށް "ރަސް އޮންލައިން" އަށް އެރަށުން މަޢުލޫމާތު ދެއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ.
ނަރުދޫން ކޯވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތައް ދޮނަކުޅި ރިސޯޓުގައި ވަނީ ކަރަންޓީން ކޮށްފައެވެ.
މީގެ ކުރިންވެސް ކަރަންޓީން ފެސިލިޓީތަކުގެ ކައިރީގައި ހުންނަ ރަށްތަކުން ރޯދަ ވީއްލުމުގެ އިތުރުން އެހެނިހެން އެހީތެރިކަން ފޯރުކޮށްދީ ކަރަންޓީންގައި ތިބި ފަރާތްތަކާއި އެކުގައިވާކަން ވަނީ ހާމަކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު