ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަތައް އިތުރަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ނިއްމާފައިވަނީ ވެބް ކޮންފެރެންސް މެދުވެރިކޮށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެކޮމެޓީން ނިންމައިފައިވަނީ ސަރުކާރުން ކުރިން ހުށަހަޅައިގެން އިސް މަގާމުތަކުގެ މުސާރައިގެ 20 ޕަސެންޓް އުނިކުރި މިންވަރަށް ވުރެ އިތުރަށް ބައެއް މަގާމުތަކުގެ މުސާރައިން އުނި ކުރުމަށެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން މިއަދު ނިއްމާފައިވަނީ 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށެވެ. 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ.

އެ ގޮތަށް މުސާރަ ކުޑަ ކުރާނީ މި މެއި މަހާއި އަންނަ ޖޫން މަހާއި ޖުލައި މަހުގެ މުސާރައިން ކަމަށް ކޮމިޓީން ވަނީ ނިއްމާފައެވެ. މާލިއްޔަތު ކޮމިޓީން އެ ގޮތަށް ނިއްމި ނަމަވެސް އެނިއްމުމަށް އަމަލުކުރަން ފެށޭނީ ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅައި މެމްބަރުންގެ މެދުގައި ބަހުސްކޮށް އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިއްމުމުންނެވެ.

ފިނޭންންސް މިނިސްޓްރީން މިހާރުވަނީ ދައުލަތުގެ މުސާރަ ތަކުގެ ސީލިންގއެއް ކަނޑައަޅައި އެންމެ ގިނަ ވެގެން ގެއަށް ގެންދެވޭނެ މިންވަރު ވަކި ވަރަކަށް ވުރެ މަތި ނުވާ ގޮތަށް މުސާރަތައް ކަނޑައެޅުމަށް ނިންމައި އެކަން ދައުލަތުގެ ހުރިހާ އިދާރާތަކަށް އަންގާފައެވެ. ނަމަވެސް ގާނޫނަކުން ކަނޑައަޅާފައިވާ މުސާރަތަކާމެދު ގޮތް ނިންމޭނީ ރައްޔިތުންގެ މަޖިލީހަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މަގާމުފަދަ މަގާމުތަކުގެ މުސާރައަކީ ގާނޫނުން ކަނޑައަޅާފައިވާ މުސާރަ ތަކަށްވާތީ އެ މުސާރަތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަން އެގޮތަށް ކަނޑައަޅައި ފާސްކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން