ރާއްޖެއިން ފުރުވާލާ ބިދޭސީން ބަހަކަށް އަރަނީ (ރަސް ފޮޓޯ- ޝާހް)
ރާއްޖެއިން ފުރުވާލާ ބިދޭސީން ބަހަކަށް އަރަނީ (ރަސް ފޮޓޯ- ޝާހް)
އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރުން ގެންދިޔަ ތިން މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެއީ ބައިސަން ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއްކަމަށާއި، އެމީހުންގެ ކޮންޓެކްޓު ޓްރޭސިންގެ ކަންކަން ކުރިއަށް ދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ، ބައްޔަށް ޕޮޒިޓިވްވާ އިންޑިއާ މީހުންގެ ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަބްރޫކް ވަނީ، ޕޮޒިޓިވްވި ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ގެންދެވޭނީ ކޮންބައެއްތޯ ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް އިންޑިއާ އާއި ބަންގްލަދޭޝްގެ ފަރާތުން ހަދިޔާކުރާ ކާބޯތަކެތީގެ ތެރެއިން އިންޑިއާއިން ހަދިޔާކުރި ކާބޯތަކެތި ބޭނުންކުރާނެ ގޮތުގެ އުސޫލެއް އާންމުކުރާނެ ކަމަށާއި، ބަންގްލަދޭޝް އިން ހަދިޔާކުރި ކާބޯތަކެތި ބޭނުންކުރަނީ ލޭބާ ކުއާޓާތަކަށާއި ކަރަންޓީން ފެސިލިޓީތަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިންޑިއާއަށް ދިޔަ ފަހުން ޕޮޒިޓިވްވި މީހުން ދަތުރުކުރި ބަސްތައް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރާނެ ކަންވެސް މަބްރޫކް ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން