ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ގޭގެއިން ފިހާރަތަކަށް ގޮސް ވިޔަފާރި ކުރުމަށް ހާއްސަ އެކަކު ބެހެއްޓުމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގެންފިއެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެ ގެއަކުންވެސް ވިޔަފާރިކުރަން އަބަދުވެސް އެކަކު ބެހެއްޓުން މުހިންމު ކަމަށެވެ.

އެގޮތުން ވިޔަފާރިކުރަން ދާ މީހުން އެނބުރި އައިސް އަންނައުނުތައް ދޮވެ ފެންވަރައި އަތް ދޮންނަން ސަމާލުކަން ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ގޭގެއަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ނުދިނުން މުހިންމު ކަމަށާއި، 65 އަހަރުން މަތީގެ މީހުންނާއި 5 އަހަރުން ދަށުގެ ކުޑަކުދިން ތިބޭ ގޭގެއަށް ޒިޔާރަތް ކުރަން ފުރުސަތު ނުދިނުން މުހިންމު ކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

މިރޭވެސް ޑރ. އަފްޒަލް ވަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންގެ ރޭންޑަމް ސާމްޕަލިންއަށް އެއްބާރުލުން ދިިނުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން