ރާއްޖެ އިން ކޯވިޑް-19 އަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ފަރުވާދެމުންދާ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ އެންމެ މީހަކަށް ކަމަށާއި ފަރުވާ ހޯދަމުންދާ އެހެން މީހުންގެ ހާލަތު ސްޓޭބަލް ކަމަށެވެ.
އެގޮތުން އެ މީހާއަށް ފަރުވާ ދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަން ފާހަގަ ކުރައްވާ އެ މީހާގެ އިތުރުން އިތުރު މީހަކަށް ޑީއެޗް11 ގައި ފަރުވާ ދެމުން ދާ ކަމަށާއި އެމީހާގެ ހާލުވެސް ސްޓޭބަލް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެ އިން ބަލިޖެހޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަން ހުރީ ބަލިޖެހުނު މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ކިބައިން ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 1090 އަށް އަރާފައި ވާއިރު، މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅު ވެފައި ވަނީ 59 މީހެކެވެ. އަދި މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ.
އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު