ލޮކްޑައުން ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
އެންއީއޯސީ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ހެދި ޕްރޮޖެކްސަންސް ހެދީ ސާމްޕަލްތަކުގެ ނަތީޖާއަށް ބަލައިގެން ކަމަށާއި، މާލޭގައި މިހާރު އިޢުލާނު ކޮށްފައިވާ ލޮކްޑައުން އާމެދު އިތުރު ގޮތެއް ނިންމޭނީ ލޮކްޑައުން ނިމޭއިރު މީހުން ޕޮޒިޓިވްވާ މިންވަރަށް ބަލާފައި ކަމަށެވެ. އެހެން ނަމަވެސް އެކަން ނިންމާނީ މަޝްވަރާ ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ، "ލޮކްޑައުން ތެރޭގައި ޕޮޒިޓިވްވާ ޢަދަދު މަދުވާނެ" ކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން މިހާރު ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓްތައް ވަރަށް ބޮޑަށް މަދުވަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.
"ފުރަތަމަ 66 ކޭސްގެ 1868 ކޮންޓެކްޓްސް ވަނީ ފެނިފައި. އެއާއި ޖެހިގެން އައި ހަފުތާގައި 191 ކޭސްގައި 1972 ކޮންޓެކްޓް، އޭގެ ޖެހިގެން އައި ހަފުތާގައި 341 ކޭހުން 1261 ކޮންޓެކްޓްސް ފެނިފައިވޭ. މިދިޔަ ހަފުތާގައި 337 ކޭސް އިން ފެނިފައި ވަނީ 914 ކޮންޓެކްޓްސް." ޑޮކްޓަރ ވިދާޅުވިއެވެ.
އަދި މިހާތަނަސް ރަށްރަށުން ފެނުނު ކޭސްތަކަކީ ސީދާ މާލެއިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް 1090 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 4 މީހުން ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު