ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ކީރިތި ޤުރްއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކަތަކެއް ތަހުގީގު ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ގޮވާލައިފިއެވެ.

މޯލްޑިވިއަން ޑިމްކޮރަޓިކް ޕާޓީ (އެމްޑީޕީ)އިން ނެރެފައިވާ ނޫސްބަޔާނެއްގައި، ރައީސް މުޙައްމަދު ނަޝީދު ކީރިތި ޤުރްއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ގުޅޭ ގޮތުން ދެއްކެވި ކަމަށް ބުނެ ރ. އަނގޮޅިތީމު ޖީޒާ، ޢަލީ އިބްރާހީމް ދެއްކި ވާހަކަތައް އެޕާޓީން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށް ބުނެފައި ވެއެވެ.

ޢެމްޑީޕީ އިން ބުނީ އެޕާޓީގެ އެންމެ އިސް އެއް އަމާޒަކީ އިސްލާމް ދީން ހިމާޔަތް ކުރުން ކަމަށެވެ. ޢެމްޑީޕީ އިން ބުނިގޮތުގައި އެޕާޓީގެ އަސާސީ ޤަވާޢިދު ބިނާވެފައިވާނީ އަދި، ޕާޓީން ކަނޑައަޅާ އެންމެހައި ސިޔާސަތުތައް އެކުލަވާލާފައިވާނީ އިސްލާމް ދީން ހިމާޔަތްކޮށް، އިންސާނީ ޤަދަރާއި ކަރާމާތް ރައްކާތެރިކޮށް ޑިމޮކްރެޓިކް އުޞޫލުތަކާއި ހަމަތައް ނެގެހެއްޓުމަށް އިސްކަން ދީގެން ކަމުގައި ވެސް އެމްޑީޕީން ބުނެފައި ވެއެވެ.

ރައީސް މުޙައްމަދު ނަޝީދަކީ، ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެއް ކަމަށާއި އަދި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކާއި އަސާސްތައް މަތީ ދެމި ހުންނެވި މުސްލިމެއް ކަމަށްވެސް އެމްޑީޕީން ކަށަވަރުކޮށްދީފައި ވެއެވެ.

"އަޅުގަނޑަކީ، ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކުކަމަކާ ނުލައި ހިތުގެ އަޑިން ޤަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާއަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް." ރައީސް މުޙައްމަދު ނަޝީދާއި ހަވާލާދީ އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޢެމްޑީޕީގެ ނޫސްބަޔާނުގައި ރައީސް މުޙައްމަދު ނަޝީދުގެ ދީނީ ޢަޤީދާ އާ ގުޅޭ ގޮތުން އެކިގޮތްގޮތުން ސުވާލު އުފައްދައި ރައްޔިތުންގެ މެދުގައި ރައީސް މުޙައްމަދު ނަޝީދާމެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ އެޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

"އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާއި، ރުޅިވެރިކަމާއި ނަފްރަތު އުފައްދައި، ބުހުތާނު ދޮގުހަދައިގެން ވާހަކަ ދައްކައި ރައްޔިތުންގެ ހިތްތަކުގައި މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ މެދު ރުޅިވެރިކަން އުފެއްދުމަށް އެކުރަމުންގެންދާ ވިޔާނުދާ ޢަމަލުތައް ހުއްޓާލުމަށް ގޮވާލަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައިވެ އެވެ.

އެމްޑީޕީ އިން ބުނީ އެޕާޓީން ޤަބޫލުކުރާ ގޮތުގައި، ރައީސް މުޙައްމަދު ނަޝީދާމެދު އެފަދަ ވާހަކަ ދައްކައި، އެވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ މަޤްޞަދަކީ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޖިސްމާނީ ގޮތުން ހަމާލާދިނުން ކަމަށެވެ. ރައީސް މުޙައްމަދު ނަޝީދާމެދު އެފަދަ ވާހަކަތައް ދައްކާފައިވާ ޢަލީ އިބްރާހީމާއި އޭނާގެ ވާހަކަތައް ފެތުރި ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށް އެމްޑީޕީގެ ބަޔާނުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ތަކުރު

18-May-2020

ލަދީނީ ވާހަކަ ދެއްކީމަ އެވާހްކަ ދައްކާނެ ރެކެން އުޅޭނެކަމެއް ނެތް


-6

ައާކޭ

18-May-2020

އަބަދުވެސް އަހަރެމެންނަށް އެނގޭ ސިޔާސީ ގޮތުން ރައީސް ބަލިކުރަން ކިޔާ އެއްޗެއްކަން އަންނި ވަރެއް ނުހުންނާނެ އަދިވެސް ރައްޔަތުމީހާ އާއި އެއްމެ ގާތުގަ އަބަދުވެސް ރައީސް ހުނަނަވާނެ


2

ދެކުނު މޫސަ

18-May-2020

މާ ބޮޑަށް ވެސް ލަސް ވެއްޖެ ރައީސް ނަޝީދު ގެ ބޮލުގަ މުޅިން ދޮގުތުހުމަތު އަޅުވައިގެން ލާދީނީ އޭކިޔާ ގޮވަމުން ހޭކުޑާ ވެގެން ތެޅޭ އިރު ގަވާއިދުން 5 ވަގުތު ނަމާދު ކުރައްވާ ހަމަ އެކަނި ވެރިޔާ ނަޝީދަކީ



ޓްރެންޑިން