ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ އާންމުން އެކަމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށްފަހު ބަލީގެ ކޭސްތައް މަދުވާނަމަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރު އޮތް ލޮކްޑައުންގެ މުއްދަތު ނިމޭ އިރު އެއްކުރެވޭ ޑޭޓާތަކުން، ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ހާލަތު އޮތް ގޮތް ކޮންމެވެސް ވަރަކަށް އަންދާޒާކުރެވޭނެ ކަމަށެވެ.

ލޮކްޑައުންގެ މުއްދަތު ނިމޭ އިރު އަންނާނެ ކަމަށް ކުރިން ލަފާކުރި ސާޖް އަތުވެއްޖެ ނަމަ އެ މުއްދަތު ފަހަރެއްގައި އިތުރު ވެދާނެ ކަމަށް އަފްޒަލް ލަފާކުރެއްވި އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކުރާ ނަމަ އާއްމުން ތިބީ އެ ކަމަށް ތައްޔާރުވެފައިތޯ ވެސް ބަލަން ޖެހޭ ކަމަށާއި، އާއްމުންނަށް އެ ހާލަތުގައި ލިބެން ޖެހޭ އިރުޝާދުތަަކަށް އަމަލުކުރާ މިންވަރާއި ލޮކްޑައުން ދޫކޮށްލާނީ ފިޔަވަހިތަކަށް ބަހާލައިގެންތޯ ނުވަތަ ނޫންތޯ ވެސް އެއީ މަޝްވަރާ ކޮށްނިންމަން ޖެހޭނެ ކަމެއް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ކޮވިޑް ކޭސްތައް މަދުވާނަމަ އޭގެ މާނަ އަކީ ހުރިހާ ދިމާލަކުން ހަރަކާތްތެރިވާ މީހުން މި ނަގާ ފިޔަވަޅުތައް، އިފެކްޓިވްކޮށް އަޅުގަނޑުމެން ދޭ އިރުޝާދަށް ގައުމުގެ މީހުން އަމަލުކުރަން ފަށައިފިއޭ." - ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޢޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ލޮކްޑައުން ދަމަހައްޓަން އެންމެ ފަހުން ކަނޑައެޅި 14 ދުވަހުގެ މުއްދަތު މިމަހުގެ 28 ގައި ހަމަވާ އިރު، މަންޒަރު އެ ގޮތަށް ފެންނަ ނަމަ ލޮކްޑައުން އިތުރަށް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ނިއްމާނީ އެންއީއޯސީން މަތީ ފެންވަރުގައި މަޝްވަރާ ކުރުމަށްފަހު ކަމުގައި ޑޮކްޓަރ ވިދާޅުވިއެވެ.

އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވަނީ މިމަސް ނިމޭ އިރު ރާއްޖޭގައި ކޮވިޑްގެ ޕީކަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ހިސާބަށް ދާއިރު އެއް ފަހަރާ 6،000 މީހުންނަށް ބަލިޖެހިފައި ތިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން