ރަސްމީ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް މެޑިކަލް ކާޑެއް ދޫކުރަން ފަށާފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ ރަސްމީ ލިޔެކިޔުންތަށް ނެތް ބިދޭސީން ކަމަަށެވެ. އެފަދަ މީހުންގެ ޕާސްޕޯޓް ނުވަތަ އައިޑީކާޑް ނުހުންނަ ކަމަށާއި މިއީ ރާއްޖޭގައި ކުރިއްސުރެ ހިންގާފައިވާ ކަމެއް ކަންވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.
ނަމަވެސް އެފަދަ ފަރާތްތަކަށް ސިއްހީ ފަރުވާ ލިބެންޖެހޭ ކަމަށާއި މިވަގުތު އެފަދަ މީހުންގެ މެޑިކަލް ހިސްޓްރީއެއް ޓްރޭސް ކުރެވޭނެ ގޮތެއް ނެތް ކަމަށް ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ އެފަދަ ކާޑެއް ހެއްދުމުގެ ބޭނުމަކީ އެމީހުންނަށް ސިއްހީ ފަރުވާ ހޯދައި ދިނުން ކަމަށެވެ. އަދި އެއީ ވަގުތީ ގޮތުން ހަދާ ކާޑެއް ކަމަށާއި އެ ކާޑު ބޭނުން ކުރެވޭނީ މެޑިކަލް ބޭނުން ތަކަށް އެކަނި ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
އެ ކާޑުގައި ކޮންމެ މީހެއްގެ ފޮޓޯ އާއި ނަމުގެ އިތުރުން ޓްރޭސް ކުރެވޭނެ ނަންބަރެއް ޖަހާފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ވޯކް ޕާމިޓް ނެތި ނުވަތަ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވެފައި ވާއިރު، މިހާރު ސަރުކާރުން ދަނީ އެފަދަ ބިދޭސީން އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިއަދުވެސް ބަންގްލަދޭޝްގެ 200 މީހުން އަނބުރާ ޤައުމަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު