ބަނގްލަދޭޝްގެ އިތުރު 200 މީހުން މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ފުރުވައިލަން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ބަނގްލަދޭޝް މީހުން ފުރުވައިލުމަށް އިތުރު ފުލައިޓެއް ހަމަޖައްސާފައިވާ ކަމަށެވެ.
"މާދަމާ އަނެއްކާވެސް ފުލައިޓެއް އެބައޮތް އެރޭންޖުކުރެވިފައި. މޯލްޑިވިއަންގެ ފުލައިޓެއް، އެ ފުލައިޓުގައި 200 މީހުން ދަތުރުކުރާނެ ބަނގްލަދޭޝަށް." އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ބަނގްލަދޭޝަށް މީހުން ފުރުވައިލުމަށް ދެ ފުލައިޓެއް ދަތުރުކުރި ކަމަށާއި އެދެފްލައިޓުން ދަތުރުކުރަން ހަމަޖެހިފައި އޮތް 15 މީހަކަށް ފުރިފައިނުވާ ކަމަށެވެ. އެމީހުންނަށް ފުރިފައިނުވަނީ އެމީހުންގެ ޑޮކިއުމެންޓޭޝަނުގެ މައްސަލަތަކެއް ހުރުމުން ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަނގްލަދޭޝްގެ 67 މީހަކު އިއްޔެ ވަނީ އަނބުރާ ގައުމަށް ފުރުވާލައިފައެވެ. އެމީހުން ފުރުވާލާފައިވަނީ ރާއްޖެއަށް ކާގޯ ހިފައިގެން އައި ބަންގްލަދޭޝްގެ އެއާފޯސް ފުލައިޓުގައެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަނގްލަދޭޝްގެ 353 މީހަކު ހޮނިހިރު ދުވަހު ވެސް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. އެމީހުން ގައުމަށް ފޮނުވާލާފައިވަނީ ދިވެހި ސަރުކާރުން ޗާޓަރުކޮށްގެން ރާއްޖެ އައި ބަނގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާންގެ ފްލައިޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު