ޗައިނާާއިން މީގެ ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެހީގެ ބައެއް ސާމާނު
ޗައިނާާއިން މީގެ ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެހީގެ ބައެއް ސާމާނު
ޗައިނާ ކުންފުންޏެއް ކަމުގައިވާ ޓެލްހައު އިންޓަރނޭޝަނަލް އިންޖިނިއަރިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން 200،000 (ދެ ލައްކަ) މާސްކު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެކުންފުނިން ރާއްޖެއަށް ހަދިޔާކުރި 200،000 މާސްކު އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ލިބިފައިވާ ކަމުގައި ޚާރިޖީވުޒާރާއިން ބުނެފައިވެއެވެ.

އެކުންފުނިން ދިން އެހީތެރިކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެފައިވަނީ މިދަތި ދަނޑިވަޅުގައި ދެޤައުމު މަސައްކަތްކުރަމުންދަނީ އެކީގައި ކަމުގައެވެ.

އަދި މިއީ ސިލްސިލާކޮށް ޗައިނާ ކުންފުނިތަކުން ވެދެމުންދާ އެހީގެ ތެރޭގައި ހިމެނޭ އެހީއެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޓެލްހައު އިންޓަރނޭޝަނަލް އަކީ ޗައިނާގެ ޖިއާންޒީ ޕްރޮވިންސާއި ސިންގްހުއާ ޔުނިވަރސިޓީ ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިން އުފެދިފައިވަ ކުންފުންޏެކެވެ. އެކުންފުންޏަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެކެވެ.

މީގެ ކުރިންވެސް ޗައިނާ ސަރުކާރާއި ސަރަހައްދީ ގައުމުތަކުގެ ސަރުކާރުތަކުގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުންނާއި އަދި އެޤައުމުގެ އެންމެ މުއްސަނދި ބިލިއަނަރ، ޖެކް މާވެސް ދިވެހިރާއްޖެއަށް ބޭނުންވާ ޞިއްޙީ ސާމާނުތަކާއި އާލާތްތައް ހަދިޔާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ރާއްޕެ

18-May-2020

ހިތް ބަލި ހަޖަމުގެ މައްސަލަ އުޅޭ ބޭކަލަކު ނުވަތަ ކަނބަލަކު ނަމަ 1000 ފަހަރު "ގައިގާދުރު، ބޯބޯ ކަދުރު، ކަންވިޔަސް އަލީ ވެޔޭނަން" މިހޭން ކިޔާފައި ނޫނީ ކުރިޔަށް ވަޑައި ނުގަތުން އެދެން... ޗައިނާއިން އެހީއެއް ދީފި ހިނދު އަވަސް ވާންވީ ކޮންކަމަކަށް ތޯ ދިވެހި ހަމަބުއްދި ހުރިމީހަކަށްވިޔާ މިހާރު ސާފުވާން އެބަޖެހޭ އިގޭތޯ! އާދެ.. އިންޑިޔާގެ ވެރިންނަށާއި ހާއްސަކޮށް ގެރިމޯދީއަށް ސަނާ ކިޔަންވީ، ޝުކުރުގެ ޖިޒީތަކުން ބަރުތީލަކޮށް އުޅެންވީ އިގޭތޯ... މިހާރު ތިއީ ނިޔު ނޯރުމަލް ފުރިހަމަ ދަހިވެތިކަމެއް ނެތް، އެންޓި ރިޝްވަތު ފަހުރުވެރި ރަތްލާޖެހި ދިވެއްސެކޭ އިގޭތޯ



ޓްރެންޑިން