ރައްޔިިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެބް ކޮންފަރެންސް މެދުވެރިކޮށް ޖަލްސާއެއް ކުރިއަށް ގެންދަވަނީ
ރައްޔިިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެބް ކޮންފަރެންސް މެދުވެރިކޮށް ޖަލްސާއެއް ކުރިއަށް ގެންދަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި މީހަކު އިންޓަވިއު ދިން މައްސަލަ ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ފުލުސް އޮފީހަށް ހުށަހެޅުމަށް އެމަނިކުފާނު ނިއްމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސްތައް ވިދާޅުވެފައިވާ ކަމުގެ ދޮގު އިލްޒާމް ރ.. އަނގޮޅިތީމް މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން ތަހްގީގްކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެ ވާހަކަ ދެއްކި މީހާގެ އިތުރުން އެ އިންޓަވިއު ގެނެސްދިން މީޑިއާގެ މައްސަލަ ތަހްގީގް ކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށްވެސް މަޖިލީހުން އިދާރާއިން ނެރުނު ނޫސްބަޔާނުގައިވެއެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ގަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމުގައި ވެސް އެމަނިކުފާނު ދެކިވަޑައިގަންނަވައެވެ". މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ އިސްތަށިފުޅުގައި މީހަކު ދޮގު އިލްޒާމް އެޅުވި މައްސަލަ ބެލުމަށް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އިން ވެސް ވަނީ ގޮވާލާފައެވެ. ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ ފަސް ވަނަ ނަމްބަރުގައި ބުނެފައިވަނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޒިޔަަފު

18-May-2020

މިދަނޑިވަޅު ކޮން ބޭކާރު ވާހަކަ ތަކެއް ދައަކާކަށް ސޯލިހް އަން ޕުރެޝަރ ކުރަން ޖައްސާ ސުޓަންޓު


7

މަބުރުކް

18-May-2020

އަސްލު އެއްޗެކޭ މީއްޗޭކޭ ކިޔައިގެން ތިޔަވއުޅެނީސީދާ ސަރުކާރާ ތޮޅެން އަހަރެމެން ނަށް ހުރިހާކަމެއް ވެސް އެބަ އެނގޭ ނަޝީދަކީ މިސަރުކާރުގެ އިދިކޮޅުލީޑަރު


7

ހަސަންޓޭ

18-May-2020

މޮޅުވާން ވެގެން މިސަރުކާރުން ދޯ އަބުރުގެ ގާނޫން އުވާލީ އަބުރު ކަތިލިޔަ ދީގެން ނުވާނެ ނޫސް ތަކުންއެކަން އެންމެ ބޮޑަށް ކުރީ


14

އިސްލާމް މިއާ

18-May-2020

ގަސްތުގަ ދޮގުވާހަކަ ފަތުރައި ފިތުނަހަދާކަމަށް ވާނަމަ ފިޔަވަޅު އަޅަންވެސް ޖެހޭނެ އަސްލު ޔަމިން ގެ ސަރުކާރުގަ ހެދި އަބުރުގެ ގާނޫން އަލުން ގެންނަން ޖެހެނީ މިސަބަބާހުރެ ޔަމިން ރަނގަޅަށް ކުރެއްވި ކަން ކަން ބަލައިގަންނަން ޖެހެނީ އެހެންވެގެން


16

ޖުވޭ

18-May-2020

މި ދެތިން ދުވަހު ހާދަވަރަކަށް ސުރުހީތަކަށް އެބައަރަޢޭ ގަސްތުގަ ވަކިމަގުސަދެއްގަ ހިންގާ ކަމެއްބާ؟



ޓްރެންޑިން