ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަނީ ހުއްޓިފައި އަދި މީގެސަބަބުން ގިނަ ބައެއްގެ ވަޒީފާވެސް ވަނީ ގެއްލިފަ
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަނީ ހުއްޓިފައި އަދި މީގެސަބަބުން ގިނަ ބައެއްގެ ވަޒީފާވެސް ވަނީ ގެއްލިފަ
ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޭ ހަމަޖެއްސި "އިންކަމް ސަޕޯޓް އެލަވަންސް" އަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެޕްރީލް މަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހަށް ސަރުކާރުން ދޭ މިއެލަވަންސް އަކީ އާމްދަނީގެ ގޮތުގައި 5،000ރ. ނުލިބޭ މީހުންނަށް ދޭ އެލަވަންސެކެވެ. އެހެންނަމަވެސް މި އެލަވަންސް ލިބޭނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީ ކުރުމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕްރީލް މަހުގެ އެލަވަންސް ހޯދަން އެދޭ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޖޮބްސެންޓަރަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މެއި މަހުގެ އެލަވަންސަށް ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އަދި ޖޫން މަހުގެ އެލަވެންސަށް އެދި ޖުލައި މަހުގެ ހަތެއްގެ ކުރިން ފޯމު ލާން ޖެހޭނެ ކަމަށް އިކޮނަމިކް މިނީސްޓްރީން ބުނެފައިވެއެވެ.

އެލަވަންސަށް އެދޭ ފޯމު އޮންލައިންކޮށް ހުށަހަޅަން ޖެހޭނީ ޖޮބްސެންޓަރަށެވެ. އޮންލައިންކޮށް ފޯމު ފުރިހަމަ ނުކުރެވޭ މީހުން އެޕްލިކޭޝަން ފޯމު ފުރުމަށް ފަހު ޖޮބްސެންޓަރަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެއެވެ. ކޯވިޑް-19 އާއި ގުޅިގެން އާނމުދަނީ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް އެލަވަންސް ދޭނެ އުސޫލު ސަރުކާރުން ވަނީ ގެޒެޓްގައި އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނެފައިވަނީ އާމްދަނީއަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޯވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން ނުވަތަ ފްރީލާންސަރުން ކަމަށެވެ.

މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަނި ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުނެއެވެ.

މި އުސޫލުގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ ކަމަށެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ ކަމަށް އުސޫލުގައިވެއެވެ.

ފްރީލާންސަރުންގެ ތެރެއިން 5،000 ރުފިޔާގެ ގެ އެލަވެންސް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށާއި ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ ފަރާތްތަކަށް ލިބޭނީ މިހާރު ލިބޭ އާމްދަނީއަށް ލިބޭ މިންވަރު 5000 ރުފިޔާ އިން އުނިކުރުމަށްފަހު ބާކީވާ މިންވަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން