ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް އެޅުވި ކަމަށްބުނާ ވީޑިއޯ ހެދުމާއި އާންމު ކުރުމުގައި އިސްކޮށް އުޅުއްވީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރުކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރ. އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް، ރަައީސް ނަޝީދު ކީރިތި ރަސޫލާއާއި މެދު އިހާނެތި ބަސްބުނެފައިވާ ކަމުގެ ދޮގު އިލްޒާމު އަޅުވާފައިވާތީ އޭނާ އާއި އަދި އޭނާގެ އެ އިންޓަވިއު ގެނެސްދިން މީޑިއާގެ މައްސަލަ ފުލުހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެބަޔާނުގައި އެބުނާ ވީޑިއޯ އަކީ މީގެ 7 އަހަރު ކުރީގެ ވީޑިއޯއެއް ކަން ވަނީ ހާމަވެފައެވެ. އަދި އެ ވީޑިއޯ ނެގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވަނީ މިހާރުގެ ހޯމް މިނިސްޓަރ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ކަމަށް އެނގިފައިވެއެވެ. އެ ވީޑިއޯ އެންމެ ފުރަތަމަ މީސް މީޑިއާގައި ހިއްސާ ކުރައްވާފައިވަނީވެސް މިނިސްޓަރ އިމްރާން ކަން ފާހަގަކޮށްލެވެއެވެ. އެއީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ.
ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ މި ވީޑިއޯ އަޕްލޯޑް ކޮށްފައިވަނީ އަދާލަތު ޕާޓީގެ ވީޑިއޯތަށް ގެނެސްދޭ އަދާލަތު ކޮމިއުނިޓީގެ ޔޫޓިއުބު ޗެނަލަށެވެ. މި ޗެނަލް މިހާރުވެސް ހިންގަނީ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރު ކަމަށްވެއެވެ.
ހޯމް މިނިސްޓަރ އިމްރާނަކީ ސިޔާސީ އެކި ޕޯޑިއަމް ތަކުގައާއި ރެލީ ތަކާއި އެއްވުންތަކާއި އެކި ޓީވީ ޕްރޮގްރާމް ތަކުގައި އޭނާ އަމިއްލައަށްވެސް ރައީސް ނަޝީދާއި ބެހޭގޮތުން މިފަދަ ވާހަކަތައް ދައްކަވާފައިވާ ބޭފުޅެކެވެ.
މިމައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާނާއި ސްޓޭޓް މިނިސްޓަރ ނަޒީރުގެ ބަހެއް އަދި ނުލިބެއެވެ.

Mohamed (SAW) akee rasooleh noon kamah Nasheed buni. https://t.co/ptpULauy3W
— Imran Abdulla (@ShimranAb) November 8, 2013
ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ މި ވީޑިއޯ އަޕްލޯޑް ކޮށްފައިވަނީ އަދާލަތު ޕާޓީގެ ވީޑިއޯތަށް ގެނެސްދޭ އަދާލަތު ކޮމިއުނިޓީގެ ޔޫޓިއުބު ޗެނަލަށެވެ. މި ޗެނަލް މިހާރުވެސް ހިންގަނީ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރު ކަމަށްވެއެވެ.
ހޯމް މިނިސްޓަރ އިމްރާނަކީ ސިޔާސީ އެކި ޕޯޑިއަމް ތަކުގައާއި ރެލީ ތަކާއި އެއްވުންތަކާއި އެކި ޓީވީ ޕްރޮގްރާމް ތަކުގައި އޭނާ އަމިއްލައަށްވެސް ރައީސް ނަޝީދާއި ބެހޭގޮތުން މިފަދަ ވާހަކަތައް ދައްކަވާފައިވާ ބޭފުޅެކެވެ.
މިމައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާނާއި ސްޓޭޓް މިނިސްޓަރ ނަޒީރުގެ ބަހެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު