އައްޑޫޫސިިޓީގެ ގުޅިފައިވާ ރަށްރަށުގައި ފެންބޮޑުވެފައި
އައްޑޫޫސިިޓީގެ ގުޅިފައިވާ ރަށްރަށުގައި ފެންބޮޑުވެފައި
އައްޑޫ ފޭދޫ ފެން ހިންދާ ނިޒާމަށް ގަސްތުގައި ބަޔަކު ގެއްލުން ދީފައިވާ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫސިޓީގައި ފެންބޮޑުވެ ލިބެމުންދާ ގެއްލުންތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ ފޭދޫއަށް މި ފަހަރު ކުރި ވިއްސާރައިގައި އެހާ ބޮޑު ގެއްލުމެއް ވެފައި ވަނީ ފެންހިންދަން އަޅައިފައިވާ ނިޒާމު ވެލި ގޯނި ޖައްސައި ބަންދުކޮށްފައި ހުރުމުން ކަމަށެވެ. ހޮޅި ލައިން ތެރެއިން މެއިން ޖަންކަޝަންތަކުގައި ވެލިބަސްތާ ޖަހައިފައި ނިޒާމު އެއްކޮށް ބްލޮކް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވެލި ބަސްތާ ޖައްސައިގެން ބައްދައިފައި ނެތްނަމަ އެހާލަތަށް ކަންތައް ނުދިޔައީސް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސިޔާސީ ގޮތުން ރާވައިގެން ބަޔަކު ކޮށްފައިވާ ކަމެއްކަމަށް މެމްބަރު ނިހާދާއި އައްޑޫގެ އެހެން މެމްބަރުން ވެސް ތުހުމަތު ކުރެއްވިއެވެ. އެކަންކުށްވެރިކުރައްވައި އެމައްސަލަ ބެލުމަށް މެމްބަރުން ގޮވާލެއްވިއެވެ.

ނިހާދު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގައި ފުރަތަމަ ފެންބޮޑުވެ ގެތަކަށް ގެއްލުންވީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ހޮޅިލައިން ތަކުގެ މައްސަލަތައް ހައްލު ނުކޮށް އޮއްވައި ރޭ އަނެއްކާވެސް ފެންބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަ ހައްލު ކުރާނެ ވަގުތު ލިބުނުކަން ފާހަގަ ކުރައްވައި ހޮޅި ލައިން ސާފުކޮށްފައި އޮތްނަމަ ދެވަނަ ފަހަރަށް ފެންބޮޑު ނުވީސް ކަމަށް އޭނާ ވިދާޅުވިއެވެ. ރަނގަޅު ޑިޒާސްޓަރ ޕްލޭނެއް އޮތްނަމަ މިހާރު ފޭދޫއަށް ދިމާވެފައިވާ ޙާލަތަށް ކަންކަން ނުދާނެކަމަށް ވެސް މެމްބަރ ނިހާދު ފާހަގަކުރެއްވިއެވެ.

މިހާރު އައްޑޫއަށް ކުރަމުންދާ ވީއްސަރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދުއަށެވެ. ފޭދޫގެ 544 ގެއަށް ފެންވަދެ އެތައް އާއިލާއެއް އެހެން އާއިލާތަކުގެ އެހީތެރިކަމާއެކު ދަނީ އުޅެމުންނެވެ. މެމްބަރު ނިހާދު ވަނީ ގެއްލުންވި ފަރާތަތަކަށް ލަސްނުކޮށް މާލީ ގޮތުން އެހީތެރިކަން ފޯރިކޮށް ދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން އައްޑޫއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަކީ ހުޅަނގު މޫސުމުގައި އައްޑުއަށް އަބަދުވެސް ދިމާވަމުންދާ މައްސަލައެއް ކަމަށެވެ. އެމައްސަލަ އަށް ބޭނުންވަނީ ދާއިމީ ހައްލެއްކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ. ރަށްރަށުގައި އަޅައިފައިވާ ފެންހިންދުމުގެ ނިޒާމަށް ބޭނުންވާ ޕަންޕުތައް ލަސްނުކޮށް ބެހެއްޓުމަށްވެސް މެމްބަރުން ގޮވާލެއްވިއެވެ. އަދި ނިޒާމު ހިންގާ ބެލެހެއްޓުން ކައުންސިލާ ހަވާލުކުރުމަށް ވެސް ބައެއް މެމްބަރުން ގޮވާލެއްވިއެވެ.

މިއަދުގެ ޖަލްސާގައި މެމްބަރު ނިހާދު ވަނީ ރައްޔިތުންގެ މަޖިލީހުން ކްލައިމެޓް އެމަޖެންސީ އެއް އިޢުލާން ކޮށްފައިވާނެ ކަމަށް ވިދާޅުވެ އެއީ ޖޯކަކަށް ނުހެއްދެވުމަށް ގޮވާލަށްވާފައެވެ. ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލައާ މެދު ބަހުސް ކުރުމަށް ފާސް ކުރެއްވީ 44 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން