ދިވެހިން ބަލައި އިންޑިއާގެ ދިއްލީއަށް އެންމެ ފަހުން ދަތުރު ކުރި މޯލްޑީވިއަންގެ ފްލައިޓް
ދިވެހިން ބަލައި އިންޑިއާގެ ދިއްލީއަށް އެންމެ ފަހުން ދަތުރު ކުރި މޯލްޑީވިއަންގެ ފްލައިޓް
އާސަންދައިގެ ދަށުން އިންޑިއާއާއި ސްރީލަންކާއަށް ދިވެހިން ބޭސްފަރުވާއަށް ފޮނުވުމާ ގުޅޭގޮތުން އެ ދެ ޤައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ބޭސްފަރުވާއަށް ދިވެހިން އާންމުކޮށްދާ ބޭސްފަރުވާއަށް ދާ އިންޑިއާ އާއި ސްރީލަންކާއަށް ދިވެހިން ފޮނުވުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިވަގުތު އިތުރު ފަރުވާއަށް ބޭރަށް ފޮނުވަންޖެހިފައިވާ މީހުންގެ އަދަދު ހާމަނުކުރެއްވި ނަމަވެސް މަބްރޫކް ވިދާޅުވީ ބޭރަށް ގެންދަންޖެހޭ އެފަދަ މީހުން އެބަތިބިކަމަށާއި ބޭރަށް ގެންދާނީ އެންމެ ސީރިއަސް މީހުންކަމަށެވެ.

މިކަން ކުރުމަށްޓަކައި އެމީހުން އިންޑިއާ ނުވަތަ ސްރީލަންކާއަށް ގެންދާނެ ރޫޓްތައް ބޭނުންކުރެވޭނެގޮތާއި ގެންދެވޭނެ މީހުންގެ އަދަދުގެ އިތުރުން އެގޮތަށް ބަލިމީހުން ގެންދިއުމުގެ ފުރުސަތުއޮތް ސިޓީތައް ދެނެގަތުމުގެ މަސައްކަތް ދެ ޤައުމާއެކު ކުރެވެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ އާއި ސްރީލަންކާ ވެސް ލޮކްޑައުން ކޮށްފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްގޮސް އެޤައުމުތަކުގައި އެބަ ތިއްބެވެ. އަދި އެގޮތަށް ތިބި މީހުންގެ ތެރެއިން ރާއްޖެ ނާދެވިފައި ތިބި ބައެއް މީހުންނާއި ލޮކްޑައުންގެ ސަބަބުން ބޭސްފަރުވާ ހުއްޓިފައިވާ މީހުން ސަރުކާރުންވަނީ އަނބުރާ ޤައުމަށް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން