ފުލުހުންގެ 12 ފޮރެންސިކް އެނަލިސްޓަކު ކޯވިޑް-19އަށް ސާމްޕަލް ޓެސްކުރުމުގައި މަސައްކަތްކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޓީމެއް ކޯވިޑް-19 އަށް ޓެސްޓުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާތީ އެ ފުލުހުންގެ މަސައްކަތަށް ހިތްވަރު ދެއްވާފައެވެ.
އަދި ފޮރެންސިކްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގައި އިތުރު 4 ލެބް ޓެކްނީޝަނުން ތަމްރީން ކުރަމުންދާކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. ފުލުހުންގެ އެ ޓީމާމެދު ފަޚްރުވެރިވެވަޑައިގަންނަވާކަމަށްވެސް ޙަމީދު ވިދާޅުވެފައިވެއެވެ.
ކޯވިޑް-19ގެ މި ޙާލަތުގައި އެންމެ އިސްސަފުގައި ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 23 މީހުން ކަމަށާއި، އެންމެންގެ ޙާލުވެސް ރަނގަޅުކަމަށެވެ.
ސީޕީ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާގުޅިގެން ފުލުހުންނާއި ސިވިލް މުވައްޒަފުންގެ ތެރެއިން 293 މީހުން އައިސޮލޭޓް ކުރެވިފައިވާކަމަށެވެ.
ފުލުހުންގެ ތެރެއިން 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާލަތުގައި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުގެ އޮފިސަރުންގެ އިތުރުން އިތުރު ޚިދުމަތްތެރިން ހިމެނޭގޮތަށް ޖުމްލަ 199 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު