ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ މަގާމުން ބޭރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ގޮވާލައްވައިފިއެވެ.
މެންބަރު އަހުމަދު ހަލީމް މިގޮތަށް ގޮވާލެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ދޮންބިލެތް ހަލީމް ވިދާޅުވީ މި ދަނޑިވަޅަކީ ދާޚިލީ ވުޒާރާއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ވަގުތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ދާޚިލީ ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެ މަގާމުގައި މިވަގުތު ހުންނެވި ޝައިޚް އިމްރާން އަބްދުﷲ މަގާމުން ބޭރުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންނަށް ވީހާވެސް އަވަހަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން." ދޮންބިލެތް ހަލީމް ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާާންގެ އިތުރުން އެހެނިހެން ވަޒީރުންތަކެއްވެެސް މަގާމުން ދުރުކުރަން މެންބަރު ހަލީމް ވަނީ ގޮވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ ގިނަ ވަޒީރުންނަކީ ގާބިލު ބޭފުޅުންކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު