ހެލްތު މިނިސްޓަރ އަބްދުﷲ އަމީނު ހުންނެވި ފޮޓޯއެއް ޓްވީޓާގައި ޕޯސްޓު ކުރައްވާ އެ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ހުސް ހިޔާނާތްތެރިން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލްގެ ސިޔާސީ ހަޔާތުގައި އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަވެފައިވާ ހެލްތު މިނިސްޓަރ އަމީން ހުންނެވި ފޮޓޯއެއް ޓްވީޓާގައި ޕޯސްޓު ކުރައްވާ ޖަމީލް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު ހަރަދެއް ކޯވިޑް-19 އަށް ކޮށްފައިވާއިރު އެންމެ ނަތީޖާ ދަށް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
"ޕޯސްޓްމޯޓަމް އިން ފެންނަނީ މުޅީންވެސް ހިޔާނާތްތެރީން. މަންޒަރު ސާފުވެއްޖެ." ޖަމީލް ވިދާޅުވިއެވެ.
އިތުރަށް ޖަމީލް ވިދާޅުވީ އެއްވެސް ގާބިލްކަމެއް ނެތް ކަމަށާއި، ލީޑަރޝިޕެއްވެސް ނެތް ކަމަށެވެ. ދިވެހި ރައްޔިތުންނަށް ދެން އޮތީ ސަލާމަތްތެރިކަން ހޯދަން ނުކުތުން ކަމަށް ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ޖަމީލް އަންނަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ އަށްފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ މިތުރުންގެ ގޮތުގައި ތިއްބެވި ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު އަދި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތް ކުރައްވާ މީގެކުރިން ދުވަހަކުވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބިވަޑައިގަތް ނާކާމިޔާބީއަށްފަހު، ޖަމީލް މަސައްކަތް ކުރަށްވަމުން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީންގެ ދިފާޢީ ވަކީލެއްގެ ގޮތުގައެވެ. ޖަމީލުގެ އަތުގައި ހިއްޕަވައިގެން ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަން ދެބައި ނުވަނީސް ޖަމީލު ވަނީ މަގާމުން ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު