ކޯވިޑް-19 އާ ގުޅިގެން ކެނެޑާ ސަރުކާރުން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.
ޚާރިޖީ ވުޒާރާއިން ބުނީ މިއަދު މެންދުރުފަހު ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި، އެހީގެ މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން އެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތައް ބައިތިއްބާނެ ވަގުތީ ހިޔާ ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާނީ ޖެންޑާ މިނިސްޓްރީން ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން، މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހާ ފަރާތަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ކެނެޑާގެ ފޮރިން މިނިސްޓަރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ކެރީނާ ގޫލްޑްއަށް ރާއްޖެއަށް ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
އަދި ކެނެޑާއިންވެސް ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީތެރިކަމަކީ ބޭނުމެއް ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފު ކޮށްފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު