ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތައް ހުރި ފަތުރުވެރިއަކު ކުރެއްދޫއިން ފުރުވާލި މައްސަލައިގަައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްގެ މައްޗަށް ފުލުހުން ތިން ތުހުމަތެއް ކުރާ ކަމަށް އެކުންފުނީގެ ގާނޫނީ ވަކީލް މުހުތާޒް މުހުސިން މިއަދު ވިދާޅުވެއްޖެއެވެ.
ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ކިބައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް އެކަން ނާންގައި، އަނބުރާ ގައުމަށް ފުރުވާލި މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްގެ ގާނުނީ ވަކީލް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރެއްދޫ ފަތުރުވެރިޔާ ފުރި މައްސަލައިގައި ފުލުހުން އެ ރިސޯޓްގެ މައްޗަށް ތިން ތުހުމަތެއް ކޮށް މިއަދު ބަޔާން ނަގާފާއިވާ ކަމަށެވެ. މުހުތާޒް ވަނީ މިމައްސަލައިގެ ކަން ހިގާފައިވާގޮތް ތަހުގީގް ކޮށް އިހުމާލްވާ ފަރާތްތައް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ. އެ އަލާމާތްތަކާ ގުޅިގެން ޑޮކްޓަރު އެޗްޕީއޭ އަށް ގުޅި ނަމަވެސް ކޮރޯނާވައިރަހާ ގުޅޭ އެއްވެސް ކަމެއްގައި ޝައްކެއް ވެގެން އުޅޭ ކަން އަންގާފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ވާހަކަ ދައްކާފައި އޮތީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށް ރަސްމީ ފަރާތްތަކުން ބަލާ މިންގަނޑާއި ކޮރޯނާވައިރަސް ފެތުރިގެން ރާއްޖޭން ފިޔަވަޅު އަޅާފައިވާ ގައުމުތަކަށް ބަދަލެއް އައިތޯ ބެލުމަށް ކަމަށެވެ.
ކުރެއްދޫގައި ހުރި އިޓަލީ ފަތުރުވެރިއާ ފުރައިގެން ދިޔަ މައްސަލައިގައި ކުރެއްދޫގެ ޑޮކްޓަރުގެ ޕާސްޕޯޓް ވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާއެކު ވަނީ ހިފަހައްޓައިފަ އެވެ.
ރާއްޖޭން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު