ސަރުކާރުގެެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް
ސަރުކާރުގެެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އެންމެންގެ ހާލު ރަނގަޅުވެ ވޯޑަށް ބަދަލުކޮށްފިއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19 ޖެހިގެން ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އެންމެންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އެންމެންގެ ހާލުވެސް ރަނގަޅުވުމާ ގުޅިގެން އެ އެންމެންނަށްވެސް މިހާރު ފަރުވާދެމުންދަނީ ވޯޑަށް ބަދަލުކޮށްގެން ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"މިވަގުުތު އިރާދަކުރެއްވިޔާ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ މީހުންގެ ހާލު ރަނގަޅު. އެންމެވެސް މިހާރުވަނީ ވޯޑަށް ބަދަލުކުރެވިފަ. ބަލީގައި ފަރުވާދެމުންދާ މީހުންނަށް ވަރަށް ކައިރިން ދަނީ ފަރުވާދެމުން. މިއީ މިމަސައްކަތުގައި ހަރަކާތްތެރިވާ އެންމެމްނަށް ލިބޭ ވަރަށްބޮޑު ހިންހަމަޖެހުމެއް." ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 10 މީހަކަށެވެ. އޭގެ ތެރޭގައި ގިނައީ ތަފާތުއެކި ބަލިތަކުގައި މީގެކުރިންވެސް ފަރުވާ ހޯދަމުންދިޔަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލަތު ގޯސްވާ މީހުންނަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗާއި، ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މި ދެ ހޮސްޕިޓަލުގައިވެސް ފަރުވާދޭ މީހުންގެ ހާލަތު ރަނގަޅުކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން