ސްެޓެލްކޯ އެމްޑީ މުޣުނީ
ސްެޓެލްކޯ އެމްޑީ މުޣުނީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 98 ހާސް ރުފިޔާ ލިބޭކަން ހާމަވި ސިޓީ އަކީ ލީކްވި ސިޓީއެއް ނޫންކަމަށާއި އެއީ އާންމު ކުރި ސިޓީއެއް ކަމަށް ވިދާޅުވެ އެކަން ދިފާއު ކުރައްވައި މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަވައިފިއެވެ.

ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާ އަށް ވަނީ ލީކްކޮށްލާފައެވެ. ސިޓީ އާއްމުވި ގޮތް ބަލައިދޭން އެދި ސްޓެލްކޯ އިން މަޖިލީހަށް މިއަދު ވަނީ ހުށައަޅާފައެވެ. ސްޓެލްކޯ އިން ބުނީ އެ ސިޓީ އާއްމު ވުމުން، އެ ސިޓީގެ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނާއި ވެރިންގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ހޯދަން އެދޭ އިރު އެއީ އާއްމުކުރާނެ މައުލޫމާތުކަން ނުވަތަ ނޫންކަން އަންގަން ވެސް މަޖިލީހުގެ އިދާރާގައި ސްޓެލްކޯ އިން ވަނީ އެދިފައެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ސިޓީއާ ބެހޭ ގޮތުން ކުރި މަޝްވަރާގައި ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިޔްލާސް ލަބީބް ވިދާޅުވީ ސްޓެލްކޯގެ ސިޓީއަށް ޖަވާބު ދޭ އިރު މަޖިލީހުގެ ގަވައިދުގައި އެކަން އޮތް ގޮތް ސާފުކޮށް ދެއްވާނެ ކަމަށެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ބޮންޑާ ވިދާޅުވީ އެސިޓީ އަކީ ލީކްކޮށްފައިވާ ސިޓީއެއް ނޫން ކަމަށާއި އެއީ އާއްމުކޮށްފައިވާ ސިޓީ އެއް ކަމަށެވެ. ރައްޔިތުންގެ މަސްލަހަތާ ގުޅޭ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ވެސް ހާމަކޮށް އާއްމު ކުރަމުން ގެންދާނެ ކަމަށް ވެސް ބޮންޑާ ވިދާޅުވިއެވެ. ޢަދި ކުންފުންޏެއްގެ އެމްޑީގެ މުސާރަ ރައްޔިތުންނަށް އެގުމަކީ ކުންފުނީގެ ސިއްރެއް ހާމަވުން ކަމަށް ނުބެލެވޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މުގައްރިރު ޢިލްޔާސް ލަބީބް ވިދާޅުވީ ކޮމިޓީ އަށް ލިބޭ ލިޔެކިއުންތަކުގައި ހުންނަ މައުލޫމާތު ވެސް މީޑިއާ އަށް ދެވޭނެ ކަމަށާއި އެކަމަށް އުސޫލުތަކެއް އޮންނަ ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ސްޓެލްކޯގެ އެމްޑީގެ މުސާރަ އޮޅުންފިލުވަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވަނީ ސުވާލުކުރައްވާފައެވެ. އެ ދުވަހު މެމްބަރު ކުރެއްވި ސުވާލަށް ސްޓްލެކޯގެ އެމްޑީ މުޣުނީ ޖަވާބެއް ނުދެއްވައެވެ.

މި މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާއްމުވެެފައިވާ ސްޓެލްކޯގެ ސިޓީގައި ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބބިވަޑައިގަންނަވާ ކަމަށެވެ. މިކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތަށް ސޯޝަލް މީޑިއާގައި މުޣުނީއަށާއި ސަރުކާރަށް އަމާޒުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

އަލީބުހާރީ

19-May-2020

ދިވެހިންގެ ތެރޭގައި ހަސަދަލާ މީހުން ހާދަ ގިނައޭ... މުޢުނީ އަކީ ދުނިޔެ ދާއިމަށް އެމަގާމުގައި ހުންނެވި ބޭފުޅެއް ކަމަށް ބައެއް މީހުންގެ ބަސްމަގުން އެވެރީންނަށް ދޭހަވާކަހަލަ. ދުޢާކޮށް އެފަދަ ނިއުމަތްތައް ދެއްވުމަށް ދަންނަވަން ހަނދާންކޮށްދެން. ކުޑަކުދިން 1 މެޓަޔާ ހުރިހާ ކުދިން އޮޅުލާހެން ބޮޑެތި މީހުން އޮޅުލާތީ ލަދުގަނޭ


8

ނަސީދު

19-May-2020

ޜަނގަޅު އެއްޗެއް މެމްބަރުން މިފަހަރު ތި ހެދީ. ކޮން ސިއްރެއް ކުރާކަށް, އެހެން އެމްޑީގެ މުސަަރާ ވެސް ހާމަކުރަން ގޮވާލަން


-5

ނަސީދު

19-May-2020

ޜަނގަޅު އެއްޗެއް މެމްބަރުން މިފަހަރު ތި ހެދީ. ކޮން ސިއްރެއް ކުރާކަށް, އެހެން އެމްޑީގެ މުސަަރާ ވެސް ހާމަކުރަން ގޮވާލަން


9

ޢަހުމަދު

19-May-2020

ޢަދިވެސް މުސަަރަ އެގުނީމަ މައްސަލައަކީ ކީކޭ ބުނަނީ ދޯ



ޓްރެންޑިން