ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދިރިއުޅުއްވާ ގެއިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ދިރިއުޅުއްވާ ގެ ކަމަށްވާ، ހ. ދެތަނޑިމާލޮޖުން ބައްޔަށް މީހަކު ޕޮޒިޓިވްވުމުން މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެ ގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ ކަމަށެވެ.
މަހްލޫފް ދިރިއުޅުއްވާ ގެ މޮނީޓަރިންގެ ހާލަތުގައިވުމުން، އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ގޭގައި ހުންނެވިކަމަށް މަހްލޫފު ވިދާޅުވިއެވެ. އަދި މިހާލަތުގައި ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފު ވިދާޅުވީ، ސިއްހީ މާހިރުން ދެމުން އަންނަ އިރުޝާދުތަކަށް ރައްޔިތުން ކިޔަމަންވާ ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ.
މިނިސްޓަރު މަހުލޫފު މީގެ ކުރިންވެސް ވަނީ ހޯމް އައިސޮލޭޝަނުގައި 14 ދުވަހު ހޭދަކުރައްވައިފައެވެ. އެފަހަރު ހޯމް އައިސޮލޭޝަންގައި ހުންނަވަން ޖެހުނީ ޕޮޒިޓިވް ކޭސްތަކެއް ފެނުނު އިހުސާން ފިހާރައިގެ ޑެލިވަރީގެ މަސައްކަތުގައި މިނިސްޓަރު މަހުލޫފު އުޅުއްވުމުންނެވެ.

Dhiriulhey gein meehaku positive vumaaigulhigen, HPA ge engumaa ehgothah basahaigen geyga.
— Ahmed Mahloof (@AhmedMahloof) May 18, 2020
Sikhee maahirunge lafayaa ehgothah amalukurun muhimmu.
Allah vaagifulhaaeku mihaalathugaives qaumu miothee kamaagulhey idhaaraathakun alhaafaivaa fiyavalhuthakah rayyithun boalenbumun.🇲🇻 pic.twitter.com/KZk7ZZMx1A
މީގެ އިތުރުން މަހްލޫފު ވިދާޅުވީ، ސިއްހީ މާހިރުން ދެމުން އަންނަ އިރުޝާދުތަކަށް ރައްޔިތުން ކިޔަމަންވާ ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ.
މިނިސްޓަރު މަހުލޫފު މީގެ ކުރިންވެސް ވަނީ ހޯމް އައިސޮލޭޝަނުގައި 14 ދުވަހު ހޭދަކުރައްވައިފައެވެ. އެފަހަރު ހޯމް އައިސޮލޭޝަންގައި ހުންނަވަން ޖެހުނީ ޕޮޒިޓިވް ކޭސްތަކެއް ފެނުނު އިހުސާން ފިހާރައިގެ ޑެލިވަރީގެ މަސައްކަތުގައި މިނިސްޓަރު މަހުލޫފު އުޅުއްވުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު