ނ. މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާ ބަލިން ފަސޭހަވެފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބުދު ﷲ އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއެއްގައި ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ އޭނާގެ އެންމެ ފަހުން ހެދި ޓެސްޓުތަކުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
"މަނަދޫއިން ޕޮޒިޓިވްވި 80 އަހަރުގެ މީހާގެ އެންމެ ފަހުން ނެގި ޓެސްޓްވެސް ވަނީ ކޮވިޑަށް ނެގެޓިވެވްވެފައި. މިއީ މިމަސައްކަތުގައި އުޅޭ މީހުންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މަނަދޫ އިން ޕޮޒިޓިވްވި ދުވަސްވީ މީހާއަށް ފަރުވާ ދިނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އަށް ވަނަ ފަންގިފިލާގައެވެ. އުމުރުން ދުވަސްވީ އެ މީހާއާ ކޮންޓެކްޓުވި އިތުރު ނުވަ މީހަކު އެރަށުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެމީހުންނާ ކޮންޓެކްޓްވި ގިނަ ބައެއްގެ ސާޕަލް ނަގައި މިއަދު މާލެ ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު