މާލެެއަށް މިރޭ ބޯކޮށް ވާރޭ ވެހި، ބޮޑު ބައެއްގައިި ފެން ބޮޑުވެ ޖަންގްޝަންތަކުން ނަޖިސް ބޭރުވާން ފަށައިފިއެވެ.
ހުއްޓާ ނުލައި މިރޭ މާލެއަށް ދެ ގަޑިއިއެއްހާއިރު ވަންދެން ވަނީ ވާރޭވެހިފައެވެ. އޭގެ ސަބަބުން މާލޭގެ ގިނަ ސަރަހައްދުތަކެއްގައިފެން ބޮޑުވެ ބައެއް ގެތަކަށްވެސް ވަނީ ފެންވަދެފައެވެ. ޚާއްސަކޮށް މާފަންނު ހިމެނޭ ބޮޑު ސަަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަން ފާހަގަކުރެވެއެވެ.
މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު މާލެއަށް ދަނީ އުދަވެސް އަރަމުންނެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ސިފައިން މިހާރު ޕަންޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި އެސްޓީއޯ ފުށް ގުދަނާއި ވެސްޓް ޕާކް ސަރަަހައްދަުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދަމުން ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ވިއްސާރަވެ މަގުތަކުގައި ފެންބޮޑުވެ ޖަންގުޝަން ތަކުން ނަޖިސް ބޭރުވަމީ ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއެކު އިތުރު ރޯގާއެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމެކެވެ.
މާލެ ފެންބޮޑުވާ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލު ގެނެވިފަައިނުވާ ބޮޑު މައްސަލައެކެވެ. ޥެރިރަށް މާލޭގައި އުޅޭ ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތި އުދަނގޫ ތަކްލީފް ތަކެއް ވަނީ އުފުލަންޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު