ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ޖުމުލަ 74 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އިއްޔެ 15 މީހަކު ކޯވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި 11 ފިރިހެނުން ކަމަށެވެ.
"މީގެ ތެރޭގައި ހަތް ދިވެހިން ހިމެނޭ. އަދި އަށް ބަންގްލަދޭޝް މީހުން ހިމެނޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު ވެސް އިތުރު ދެ މީހަކު ރަނގަޅުވެފައިވާ ކަމަށާއި އެއީ ވެސް ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށެވެ.
ޑރ އަފްޒަލް ވިދާޅުވީ މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ތިބީ 2 ބަލިމީހުން ކަމަށެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި، އަނެކަކުގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 74 އަށް އަރާފަ އެވެ. މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 04 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު