ރާއްޖެއިން މިހާތަނަށް 1106 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
ދަރުބާރުގޭގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ މިހާތަނަށް 1106 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
ރޭގެ ޕްރެސްއިން މިރޭގެ ޕްރެސްއާއި ހަމައަށް 16 ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
މިރޭ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި އިންޑިއާ މީހެއްގެ އިތުރުން ނުވަ ދިވެހިންނާއި ސްރީލަންކާގެ މީހެއް ކަމަށެވެ.
އެގޮތުން ޕޮޒިޓިވްވި މީހުންގެ އުމުރުފުރާގެ ތެރޭގައި ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ކަމަށް ވެސް ޑޮކްޓަރ ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ޖުމްލަ 15602 ސާމްޕަލް ނަގާފައިވާއިރު، ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 322 އެވެ.
މިހާތަނަށް ޖުމުލަ 500 މީހަކު ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި އެބަތިބި ކަމަށާއި، އަދި މިއަދު 64 މީހަކު ކަރަންޓީނުން ދޫކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރަށްވައެވެ.

ކިޔުންތެރިންގެ ހިޔާލު