02 ވަނަ ބައި
................
"ތިރްލޯކްއަކީ ތިޔައީ ހެއްޔެވެ؟"
"އާނއެކެވެ."
"ޑަކްޓަރ އެބަ ގޮވާލައްވައެވެ."
"އެހެން ހެއްޔެވެ........"
ތިރްލޯކް ތެދުވެއްޖެއެވެ. އޭނާއަށް ރޫޕާގެ މޫނުމަތީން ހިޔަންޏެއް ފެނުނު ކަހަލައެވެ. ޚުދު އޭނާގެ ހިތް ހުއްޓެމުން ދާހެން އޭނާއަށް ހީވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އޭނާ ހަމަޖެހިލާފައި ރޫޕާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
"ކަންބޮޑު ނުވާށެވެ. ހުރިހާކަމެއް ރަނގަޅު ވާނެއެވެ."
ތިރްލޯކް ބާރަށް ހިނގާފައި އައިސް ޑަކްޓަރ މެހެތާގެ އޮފީހަށް ވަދެއްޖެއެވެ. އެވަގުތު ޑަކްޓަރ މީހަކާ ވާހަކަ ދައްކަނީއެވެ. ގާތްގަނޑަކަށް ބައިގަނޑިއިރަށްފަހު، މެހެތާއަށް ވަގުތު ލިބިގެން އެބުރި ބަލާލިއެވެ. ތިރްލޯކް ފެނުމުން ބީރަށްޓެހި ގޮތަކަށް އޭނާ ސުވާލުކުރިއެވެ.
"ކިހިނެއްވީ ހެއްޔެވެ."
"އަޅުގަނޑު މިއައީ ޑަކްޓަރ ބުނުއްވައިގެންނެވެ."
"އަހަރެން.......... ކޮންކަމަކާ ހެއްޔެވެ؟"
"އެއީ.......... އަޅުގަނޑުގެ އަންހެނުން......... ރޫޕާ"
"ތިޔައީ ސޯޅަ ނަންބަރުގެ ބަލި އަންހެން މިހާގެ ފިރިމީހާ ދޯއެވެ."
"ލައްބައެވެ....."
"އިށީންނާށެވެ."
ތިރްލޯކްގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. އޭނާ އިށީނޖެއެވެ. ޑަކްޓަރ މެހެތާ ފައިލެއްނަގާ މޭޒުމަތީގައި ބޭއްވިއެވެ. އަދި ބޮޑު އެކްސްރޭއެއް ނަގާފައި ބުންޏެވެ.
"ކަލޭގެ އަންހެނުންގެ ހުރިހާ ރިޕޯޓެއް އަތުވެއްޖެއެވެ. އަހަރެންވެސް ވަރަށް ހިތާމަ ކުރަމެވެ. ކަލޭގެ އަންހެނުންގެ ބައްޔަކީ ކެންސަރެވެ."
ތިރްލޯކްއަށް ހީވީ ހަތަރު ފަރާތުގައި ހުރި ހުރިހާ ފާރުތައް އޭނާގެ ބޯމައްޗަށް އެއްފަހަރާ ވެއްޓުނު ހެންނެވެ. ހިތުގެ ހިނގުން ހުއްޓެމުން ދިޔަ ކަހަލައެވެ. މޫނުމަތީގެ ކުލަ ހުދުވެއްޖެއެވެ. އޭނާ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
"ނޫނެކެވެ. ޑަކްޓަރ އެވެ. އެހެނެއް ނުވާނެވެ."
"އެކަން އެގޮތަށްވެ ނިމިއްޖެއެވެ."
"ނޫނެކެވެ....... ޑަކްޓަރެއެވެ. ރިޕޯޓްގައި ކޮންމެވެސް ގޯހެއްވާކަން ހަމަގައިމެވެ."
"ކޮއިފުޅާއެވެ. މިއީ އަހަރެމެންނަށް އާކަމެއް ނޫނެވެ. ހުރިހާ ރިޕޯޓެއް ޗެކްކޮށް ބަލާފައިވަނީ ތަޖުރިބާ ކާރު ޑަކްޓަރުންނެވެ. އެމީހުންގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ކަލޭގެ އަންހެނުންނަށް ޖެހިފައިވަނީ ކެންސަރެވެ."
ތިރްލޯކްގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. އޭނާ އިށީނދެއްޖެއެވެ. ޑަކްޓަރ މެހެތާ ފައިލެއްނަގާ މޭޒުމަތީގައި ބޭއްވިއެވެ. އަދި ބޮޑު އެކްސްރޭއެއް ނަގާފައި ބުންޏެވެ.
"ކަލޭގެ އަންހެނުންގެ ހުރިހާ ރިޕޯޓެއް އަތުވެއްޖެއެވެ. އަހަރެންވެސް ވަރަށް ހިތަމަ ކުރަމެވެ. ކަލޭގެ އަންހެނުންގެ ބައްޔަކީ ކެންސަރެވެ."
ތިރްލޯކްއަށް ހީވީ ހަތަރު ފަރާތުގައި ހުރި ހުރިހާ ފާރުތައް އޭނާގެ ބޯމައްޗަށް އެއްފަހަރާ ވެއްޓުނު ހެންނެވެ. ހިތުގެ ހިނގުން ހުއްޓެވުން ދިޔަ ކަހަލައެވެ. މޫނުމަތީގެ ކުލަ ހުދުވެއްޖެއެވެ. އޭނާ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
"ނޫނެކެވެ. ޑަކްޓަރ ސާހަބްއެވެ. އެހެނެއް ނުވާނެއެވެ."
"އެކަން އެގޮތަށްވެ ނިމިއްޖެއެވެ."
"ނޫނެކެވެ. ........ ޑޮކްޓަރއެވެ. ރިޕޯޓުގައި ކޮންމެވެސް ގޯހެއްވާކަން ހަމަގައިމެވެ."

"ޑަކްޓަރއެވެ. ރޫޕާ ފިޔަވާ އަޅުގަނޑުގެ އެހެން މީހަކު ދުނިޔެއަކު ނުވެއެވެ. އޭނާ މަރުވެއްޖިއްޔާ.... އަޅުގަނޑު........ އަމިއްލައަށް މަރުވެދާނަމެވެ. ޑަކްޓަރއެވެ. އަޅުގަނޑުވެސް ދުނިޔޭގައި ހުންނާކަށް ބޭނުމެއްނޫނެވެ."
"އޭނާ މަރުވެދާނެއޭ އަހަރެންނެއް ނުބުނަމެއްނޫން ހެއްޔެވެ."
"ކީކޭތޯއެވެ.......؟" ތިރްލޯކް ކުއްލިއަކަށް ތެދުވެއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމުގެ އަސަރެވެ. ޑަކްޓަރ މެހެތާ ބުންޏެވެ.
"އިށީންނާށެވެ. އިށީންނާށެވެ. ހިތްވަރު ކުރާށެވެ."
"ޑަކްޓަރއެވެ. އެންމެ ފުރަތަމަ އަޅުގަނޑުގެ ރޫޕާ ސަލާމަތްވާނެތޯ ނުވަތަ ނޫންތޯ ބުނުއްވަ ބައްލަވާށެވެ."
"ޝައްކެއްނެތެވެ. ސަލާމަތްވާނެއެވެ."
"ޙަޤީޤަތުގައި ކަލޭގެ އަންހެނުންނަށް ކެންސަރު ޖެހިފައިވަނީ އޮޕަރޭޝަން ކޮށްގެން އެބަލި ކަނޑާނެގޭ ކަހަލަ ތަނެއްގައެވެ. ކަނޑާ ނެގުމަށްފަހު ދެން ދުވަހަކުވެސް އެ ބަލީގެ ބިރެއް ނުފެންނާނެއެވެ."
"އެއީ...... އެއީ ކޮންތަނެއްތޯއެވެ؟"
"އެއީ ރަޙިމެވެ."
"އަސްތާއެވެ." ތިރްލޯކް މަޑުމަޑުން ބުނެލިއެވެ.
"ކަލޭމެންގެ ކާވަންޏަށް ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ."
"އަދި އަހަރެއްވެސް ނުވެއެވެ."
"ކުއްޖަކުވެސް އަދި ނެތްދޯއެވެ."
"ނޫނެކެވެ. ދެމަހުގެ އަންހެން ކުއްޖަކު އެބަ އޮތެވެ."
"އެކަމަކު ދެން ކަލޭމެންނަށް ޖެހޭނީ އިތުރު ކުއްޖަކު ލިބުމުގެ އުފަލުން މަޙްރޫމްވެގެން ތިބޭށެވެ."
"ތިޔަކަމަކާ އަޅުގަނޑު ދެރައެއް ނުވެއެވެ. އެކަމަކު އަޅުގަނޑުގެ ރޫޕާ ސަލާމަތްކޮށް ދެއްވާށެވެ."
"ކަލޭގެ އަންހެނުން ސަލާމަތް ކުރެވޭނީ ޑަކްޓަރ ސީން އަށެވެ."
"ޑަކްޓަރ ސީން އަށޭތޯއެވެ."
"އާނއެކެވެ. އޭނާއަކީ މިބަލީގެ ފަރުވާއަށް އެމެރިކާއިން އައިސް ހުރި މީހެކެވެ."
"އޭނާ އޮޕަރޭޝަން ކުރަނީ ކޮންދުވަހަކުތޯއެވެ."
"ޢާންމުކޮށް އޮޕަރޭޝަން ކޮށް އުޅެނީ އަންގާރަދުވަހާ ބުރާސްފަތި ދުވަހުއެވެ. އެކަމަކު ވަގުތު ހޯދުމުގެ ކުރިން އޭނާގެ ފީގެ ކަންތައް ހަމަޖައްސަން ޖެހޭނެއެވެ." ޑަކްޓަރ ބުންޏެވެ.
"ފީގެ ގޮތުގައި ދައްކަން ޖެހެނީ ކިހާ ވަރެއްތޯއެވެ."
"ފަނަރަހާސް ރުފިޔާއެވެ."
"ފަނަރަހާސް ........؟" ތިރްލޯކްގެ ސިކުނޑި ތެޅިގަތް ކަހަލައެވެ.
"އާނއެކެވެ. ބޭހާ އެހެނިހެން ޚަރަދުތަކާއެކު ޖުމްލަ ވިހިހާސް ރުފިޔާ ހޯދަން ޖެހޭނެއެވެ."
"ލައްބައެވެ....." ތިރްލޯކް މަރުވެފައިވާ ކަހަލަ އަޑަކުން ބުންޏެވެ.
"އެކަމަކު އެއް ހަފްތާގެ ތެރޭގައި ފައިސާގެ ކަންތައް ނިންމަން ޖެހޭނެއެވެ."
"އެއީ ކީއްވެގެންތޯއެވެ."
"ކެންސަރަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. އިތުރަށް ދިހަވަރަކަށް ދުވަސް ވޭތުވެ ހިނގައްޖިއްޔާ ކެންސަރުގެ ގޮފިތައް ހަށިގަނޑުގެ އިތުރު ބައިތަކަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިބައްޔަކީ ބޭހެއް އޮތް ފަރުވާއެއް ނޫނެވެ."
ތިރްލޯކަށް ހީވީ ހަށިގަނޑުން ފުރާނަ ނުކުންނަން އުޅެނީ ހެންނެވެ. އޭނާ ވަރަށް އުނދަގުލުން ބުންޏެވެ.
"ޑަކްޓަރ ސާހަބްއެވެ...... އަޅުގނޑު ....... އަޅުގަނޑަކީ ވަރަށް ނިކަމެތި މީހަކީމެވެ. ވިހިހާސް ކީއްކުރަންތޯއެވެ. އަޅުގަނޑަށް ދެހާސް ރުފިޔާވެސް ނުލިބޭނެއެވެ."
ޑަކްޓަރ މެހެތާގެ މޫނުމަތި މިލައިގެން ހިނގައްޖެއެވެ. އޭނާ މަޑުމަޑުން ބުންޏެވެ.
"މިއީ ކަލޭގެ އަމިއްލަ މައްސަލައެކެވެ. ހަދަންވީ ގޮތެއް އެނގޭނީ ކަލެއަށެވެ."
"ޑަކްޓަރ ސީން އަޅުގަނޑާމެދު ރަޙުމުކޮށް އެހީތެރިވެ ދީފާނެތޯއެވެ. އަޅުގަނޑު ޢުމުރު ހުސްވަންދެން މަސައްކަތް ކޮށްގެން ނަމަވެސް އޭނާގެ އަގު ހަމައަށް އަދާކުރެވޭތޯ ބަލާނަމެވެ. ޑަކްޓަރއެވެ. ކޮންމެ ގޮތަކުން ނަމަވެސް އަޅުގަނޑުގެ އަންހެނުން ސަލާމަތް ކޮށްދެއްވާށެވެ."
"ޑަކްޓަރ ސީން ޑަކްޓަރުކަން ކިޔެވުމާ އަދި ޚާއްޞަކޮށް ކެންސަރުގެ އޮޕަރޭޝަންކުރުމުގެ މާހިރަކަށް ވުމަށްޓަކައި އެމެރިކާގައި ހުރި ހުރުމުގައި ޚަރަދުވި ފައިސާގެ ޢަދަދު ކަލެއަށް އަންދާޒާ ކުރެވޭ ހެއްޔެވެ؟ ......!"
"އެހެންވީރު ފައިސާ ނުލިބިއްޖާ އަޅުގަނޑުގެ އަންހެނުން މަރުވާނީތޯއެވެ."
"ދެން އަހަރެންކުރާނީ ކީއްހެއްޔެވެ." ޑަކްޓަރ މެހެތާ ހަޅޭލައިގެންފައި ބުންޏެވެ. "އަހަރެންގެ ވަގުތުތައް ނަގާލަނީ ކީއްކުރަން ހެއްޔެވެ."
ތިރްލޯކަށް ދެން ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ މަޑުމަޑުން ނުކުމެގެން އަތުވެއްޖެއެވެ. ދޮރު ކައިރީގައި ބޭރުގައި އޭނާ އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ވިސްނުމުގެ ބާރު ހުސްވެފައިވާ ކަހަލައެވެ.
އެންމެ ފުރަތަމަ އޭނާގެ ހިތަށްއެރީ ރޫޕާގެ ކައިރިއަށް ދިއުމަށެވެ. އެހެން ނަމަވެސް އެނާގެ މިލާފައިވާ މޫނައިގެން ދާކަށް ނުކެރުނެވެ. ހިތުގެ ޙާލު ރޫޕާގެ ކުރިމަތީގައި ނުފޮރުވޭނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ކުޑަގޮތަކަށް ނަމަވެސް ރޫޕާއަށް ޙަޤީޤަތް އެނގިއްޖެއްޔާ ހިތާމައިންގޮސް މަރުވެދާނެއެވެ. ތިރްލޯކް ހޫރެމުން ކަހަލަ ގޮތަކަށް ބޭރަށް ނުކުންނަން ހިނގައިގަތެވެ.
+ + + + +
ތިރްލޯކް މަތިނޭވާ ލެވެމުން ކަހަލަ ގޮތަކަށްގޮސް އޮފީހަށް ވަދެއްޖެއެވެ. އެކަމަކުވެސް އޭނާއަށް ދެވުނީ ވިހިމިނިޓް ފަހުންނެވެ. އޭނާ އަވަހަށް ޙާޟިރީގައި ސޮއިކުރިއެވެ. ދެން މޭޒު ކައިރިއަށްގޮސް އިށީނދެއްޖެއެވެ. ހަމަ މިވަގުތު މެނޭޖަރ އޭނާއަށް ގޮވާނެކަން އެނގެއެވެ. އަދި ނުރުހުން ފާޅުކުރާނެކަންވެސް އެނގެއެވެ. މެނޭޖަރަކީ ބަރާބަރު ދިހައެއް ޖަހާއިރު އޮފީހަށް އަންނަ މީހެކެވެ. އޭނާ ބޭނުންވަނީ ހުރިހާ ސްޓާފުންވެސް ބަރާބަރު ގަޑިއަށް އޮފީހަށް ޙާޟިރުވުމަށެވެ.
އެހެން ނަމަވެސް ދިހަ މިނިޓްއިރު ވޭތުވެގެން ހިނގައްޖެއެވެ. މެނޭޖަރގެ ފަރާތުން އެއްވެސް ޚަބަރެއް ހިލަމެއްނުވިއެވެ. އޭނާ ޙައިރާން ވެއްޖެއެވެ. ދެން އޮފީސްތެރެ ރަނގަޅަށް ބަލާލިއެވެ. މުޅިތަން އޮތީ ހިމޭންކަމެއް ވެރިވެފައެވެ. ތިރްލޯކަށް ހީވީ މިއީ ޚުދު އޭނާގެ ސިކުނޑިއަށް ވެރިވެފައިވާ ހިމޭންކަމެއް ކަމުގައެވެ. އެހެނީ އެވަގުތު އޭނާ އިނީ ވަރަށް ހާސްވެފައެވެ. އެހެން ނަމަވެސް ފަރުވާތެރި ކަމާއެކު ބަލާލުމުން، ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ހިތްހަމަ ނުޖެހުމުގެ އަސަރުތަކެއް ހުރިކަމުގައި އޭނާއަށް ފާހަގަ ކުރެވުނެވެ.
ތިރްލޯކް ޖެހިގެން އިން ކާތިބު ގާތުގައި ވައި އަޑުން އަހާލިއެވެ.
"ސާލަކް އެވެ. .... ކިހިނެއްވީ ހެއްޔެވެ. ............. މިއީ ކޮން ހިމޭންކަމެއް ހެއްޔެވެ."
ސަލާކް، ތިރްލޯކްއާ ދިމާއަށް ގުދުވެލާފައި މަޑުމަޑުން ބުންޏެވެ.
"އިއްޔެ ހިނގި ހާދިސާގެ ޚަބަރު ތިރްލޯކަށް ނުލިބެނީ ހެއްޔެވެ."
"ނުދެނަ ހުރީމެވެ. އަހަރެންގެ އަންހެނުން ހޮސްޕިޓަލުގައި ބާއްވައިގެން މިއުޅެނީ އެތާގައެވެ. އޮފީހުން ނިމިގެން ދަނީ ސީދާ ހޮސްޕިޓަލަށެވެ. ގެއަށް ދަނީވެސް ވަރަށް ދަންވާ ފަހުންނެވެ."
"ސޭޓް ސާހަބްގެ ހުންނަނީ އެންމެ ކުއްޖަކުކަން ތިރްލޯކަށްވެސް އެނގޭނެއެވެ."
"އާނއެކެވެ. ދަންނަމެވެ."
"ޙަޤީޤަތުގައި ސޭޓުގެ ދަރިފުޅު އުޅެނީ އަންހެން ކުއްޖަކާ ރައްޓެހިވެގެންނެވެ. އޭނާ ބޭނުންވެގެން އުޅުނީ ކާވެނި ކުރުމަށެވެ. އެ އަންހެން ކުއްޖާގެ އެހެން ލޯބިވެރިއަކުވެސް ހުރެއެވެ. އަދި ކުރިން ލޯބިވެގެން އުޅުނީވެސް އޭނާއާއެވެ. އެހެން ނަމަވެސް ސޭޓުގެ ދަރިފުޅުގެ ފައިސާވެރިކަން އެ އަންހެން ކުއްޖާއަށް މަޖުބޫރު ކުރީއެވެ."
"ތިޔަކިޔަނީ ކީކޭ ހެއްޔެވެ. ލޯތްބަކީވެސް ތިލަފަތުގެ ދެކޮޅަށް ލައިގެން ކިރާ އެއްޗެއް ހެއްޔެވެ."
"ކޮއިފުޅާއެވެ. ލޯބީގެ ނަފްސިއްޔާތަކީ ކޮން އެއްޗެއްކަމެއް އަހަންނަކަށް ނޭގެއެވެ. އަހަރެންގެ ކައިވެނި ކުރުވީ މައިންބަފައިންނެވެ. އަދި އަހަރެން މިއުޅެނީވެސް ފިސާރި އުފަލާ އެކުގައެވެ."
"އެންމެ ރަނގަޅެވެ. ދެންވީ ކިހިނެއް ހެއްޔެވެ."
"އިއްޔެރޭ ސޭޓްގެ ދަރިފުޅާއެކު އަންހެންކުއްޖާ ހޮޓަލަކުން ނުކުމެގެން އަންނަނިކޮށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކުއްލިއަކަށް އައިސް އެދެމީހުންގެ ގަޔަށް ވަޅިހެރީއެވެ."
"މާތް ކަލާކޯއެވެ.... " ތިރްލޯކްގެ ހިތް ތެޅިގަތެވެ.
"އަންހެން ކުއްޖާ ވަގުތުން މަރުވީއެވެ. އެކަމަކު ސޭޓް ސާހަބުގެ ދަރިފުޅެއް އަދި މަރެއްނުވެއެވެ. ޑަކްޓަރުން ބުނަނީ ސަލާމަތްވުން ވަރަށްދުރުގައި އޮތްކަމުގައެވެ. ސޭޓުގެ ދަރިފުޅުގެ ކަންތަކާހެދި ގޭތެރޭގައި އޮތީ ރުއިމެވެ. މެނޭޖަރ ސާހަބުވެސްވީ އެތަނަށް ގޮހެވެ."
ތިރްލޯކް ހިމޭން ވެއްޖެއެވެ. ދެން އޭނާ އަނެއްކާވެސް މަޑުމަޑުން ބުންޏެވެ.
******************
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 05 އިން 08 ށެވެ.

ކިޔުންތެރިންގެ ހިޔާލު