ކޯވިޑް-19 އާއި ގުޅޭ ކަންކަމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
ކޯވިޑް-19 އާއި ގުޅޭ ކަންކަމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ބަޔަކު ހަރަކާތްތެރިވަނީ
މޫސުން ގޯސްވުމުގެ ސަބަބުން ކޯވިޑް-19 ގެ އޮޕަރޭޝަނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މީހުން ތަންތަނަށް އުފުލުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާމްޕަލް ނަގަންދާ ޓީމްތައް ތިބެނީ ފުލް ޕީޕީއީގައި ކަމަށާއި، އެއްގަޔަށްފަހު އަނެއްގެޔަށް ދަނީ ޕީޕީއީ ބަދަލުކޮށްގެން ކަމުން އެކަމަށްވެސް ވަގުތުކޮޅެއް ނަގާ ކަމަށް ރެޕިޑް ރެސްޕޮންސް ޓީމުން ފާހަގަކުރިއެވެ.

މީގެ އިތުރުން މިއީ ވިއްސާރަ ދުވަސް ކޮޅަކަށް ވުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ޕީޕީއީގައި ހުއްޓާ ތެމިއްޖެ ކަމުގައި ވާނަމަ އެމީހާ އެ ވެއްޓެނީ ވަރަށް ނުރައްކާތެރި ޙާލަތަކަށް ކަމަށް އެޗްޕީއޭ އިން ހާމަކުރިއެވެ.

ސާމްޕަލްތައް ނެގުމުގައި އިސްކަންދެނީ ބެކްލޮގް ކުޑަކުރުމަށް ކަމަށް ފާހަގަ ކުރަށްވަމުން އާރްއާރްޓީމް ގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުލް ޙަމީދު ވިދާޅުވެފައިވަނީ ކުދި ގޯޅިތަކުގައިހުންނަ ގެތަކަށް ވަނުމަށް ބަގީ ހޯދާފައިވާ ކަމަށެވެ. އެހެން ނަމަވެސް މޫސުން ތަންނުދިނުމުން އެ މަސައްކަތް ފެށިފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އާރްއާރްޓީމުގެ މަސައްކަތުން މިހާތަނަށް 10000 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕެންޑިންގައި 400 އެއްހާ ސާމްޕަލް ނަގަން އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން