ރާއްޖޭގައި އުޅޭ ބިދޭސީ ބަޔަކު ފުރުވާލަން ގެންދަނީ
ރާއްޖޭގައި އުޅޭ ބިދޭސީ ބަޔަކު ފުރުވާލަން ގެންދަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި ތިން ބިދޭސީންގެ ތެރެއިން ދެ މީހަކު އަދިވެސް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ހޯދަމުންދާ ތިން ބިދޭސީ މީހުންގެ ތެރެއިން އެކަކު ފަހުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ދެ މީހަކު ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.

އަދި އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

އެ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ވަނަވަރު ހާމަކުރާނެ ކަމަށް ވެސް ކުރިން މަބުރޫކް ވަނީ ވިދާޅުވެފައެވެ.

ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަން، އެޗްޕީއޭއިން ހާމަކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން