ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އާއި ގުޅިގެން މާލޭގައި މިހަފުތާ އާއި ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ކަމަށް ލަފާކުރެވުނު ސާޖް ނުވަތަ ކުއްލިއަކަށް ބަލިޖެހޭނެ ކަމަށް ބެލެވޭ މީހުންގެ އަދަދު އިތުރުވުމުގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށް އެޗްޕީއޭގެ އެޕްޑޮމެލެޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެެއެވެ.

އެންއީއޯސީގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ، ކުރިން ނަގާ މިންވަރަށް މިހާރުވެސް ސާމްޕަލް ނަގަމުންދާ ކަމަށާއި، ޕޮޒިޓިވްވާ މީހުން އަންނަނީ މަދުވަމުން ކަމަށެވެ. ސާމްޕަލް ނެގުން މަދުވިޔަސް، ގްްރާފްތައް ހެދުމުގައި ކޮމްޕްލަޔަންސް ފެކްްޓާތަކަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ކުރިން އަންނާނެ ކަމަށް ލަފާކުރެވުނު ސާޖްގެ އަލާމާތެއް ނެތް ކަަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

"ސާޖެއް އަންނަ އިރު ނިއުމޯނިއާ ނުވަތަ ކޭސްތައް ރޮކެޓް ސްކައިހެން އަރައިގެން ދާނެ. އެކަމަކު އެކަހަލަ އެއްވެސް އިންޑިކޭޝަނެއް އަދި ނެތް. އެހެންވީމަ އަޅުގަނޑުމެން މުޅިންް މިހެން ދަންނަވަން އެނގޭނީ ކާވް އަލުން ކުރަހައިގެން. އެކަމަށް އަޅުގަނޑުމެން އަދި އިތުރަށް ބޭނުންވާ ޑޭޓާތައް އެބަހުރި." ޑރ. ޢަފްޒަލް ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ އިއްޔެގެ 12 އިން ފެށިގެން މިހާތަނަށް 16 ޕޮޒިޓިވް ކޭސް އެއް ފެނިފައިވާ ކަމަށެވެ. މިހާތަނަށް 74 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ތިމަންނަ

19-May-2020

ތިޔަ ހުރިހާ ސާޖް ބާޖަށް ވުރެން ﷲގެ ކުޅަދުން ވަންތަކަން މާ ބޮޑެވެ.


8

ދެކުނު މޫސަ

19-May-2020

އަލްހަމުދުލިއްލާހި


19

ދެކުނު މޫސަ

19-May-2020

އަލްހަމުދުލިއްލާހި



ޓްރެންޑިން