04 ވަނަ ބައި
................
"ޙަޤީޤަތުގައިވެސް ޕްރަބާ ވަރަށް ރަނގަޅެވެ. ޕްރަބާއެވެ! ވަރަށްބޮޑު ހާސްކަމަކުން އަހަރެން ސަލާމަތް ކޮށްދީފީމުއެވެ." ތިރްލޯކް ޝުކުރުވެރި އަޑަކުން ބުންޏެވެ. "އަހަރެން ކިރުގަންނަ މީހާވެސް ހަމައަކަށް އަޅުވާލައިފީމެވެ. އަންނަމަހުން ތިރްލޯކަށް ފައިސާ ނުދެވިއްޖިއްޔާ އަހަރެން އެ ބިލަށް ލާރި ދީފާނަމޭ ބުނެ އޭނާގެ ހިތްހަމަޖައްސައި ދީފީމެވެ."
"ޕްރަބާއެވެ. ......" ތިރްލޯކްގެ ހިތް ފުރިގެން އަތުވެއްޖެއެވެ.
"ކުޑަ ކުއްޖާފުޅާމެދު އެއްގޮތަކަށްވެސް ކަންބޮޑު ނުވާށެވެ. އަހަންނަކީ މަންމަ ކަމުގައި އޭނާ މިހާރު ހީކުރަން ފަށައިފިއެވެ.
"އަހަންނަށް އެނގެއެވެ."
"ރޫޕާއަށް މިހާރު ކިހިނެއް ހެއްޔެވެ؟"
"ރޫޕާ....." ތިރްލޯކްގެ ހިތުގައި ބޮނޑިއެއް އެޅި ކަހަލައެވެ. ކަރުނައިގެ ސައިލާބު ރާސްލާފައި ލޮލުން ފައިބައިގަތެވެ. އެހެން ނަމަވެސް އޭނާ ވަރަށް އުނދަގުލުން އެކަން ހަމައަށް އަޅުވާލިއެވެ. ރޫޕާއާބެހޭ ހުރިހާ ވާހަކައެއް ތަފްޞީލްކޮށް ކިޔާ ދިނުމުން ޕްރަބާ ދެރަވެލާފައި ބުންޏެވެ.
"ތިޔަވީ ހާދަހާ ދެރަގޮތެކެވެ."
"އެއް ހަފްތާގެ ތެރޭގައި ވިހިހާސް ރުފިޔާ ހޯދާނެގޮތެއް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. ރޫޕާއަށް ގޮތެއްވެއްޖިއްޔާ އަހަރެން މަރުވެދާނެއެވެ."
"ތިޔަ ކަހަލަ އުއްމީދުކެނޑޭ ކަހަލަ ވާހަކަ ނުދައްކާށެވެ. ކޮންމެވެސް ގޮތަކުން ތިޔަ ފައިސާ ލިބިދާނެ ކަންނޭނެއެވެ. އަހަރެން ރޫޕާއާމެދު ކުރާ ހިތާމަ އެއްވެސް މީހަކަށް ނޭގޭނެއެވެ. އަހަރެން ރޫޕާއާމެދު ދެކެނީ އެއްބަނޑު މީހެއްގެ ގޮތުގައެވެ. އޭނާގެ ދަރިފުޅަކީވެސް އަހަރެންގެ އަމިއްލަ ދަރިއެއް ކަހަލަ ކުއްޖެކެވެ."
"ޕްރަބާއެވެ. ތެދެއް ބުނަން ހެއްޔެވެ. ޕްރަބާޔާ ވާހަކަ ދައްކާލުމުން އަހަރެންގެ ހިތް ވަރަށްބޮޑަށް ހަމަޖެހިއްޖެއެވެ. ހީވަނީ މާދަމާ އަހަރެންގެ ނަސީބު ނަންބަރުވެސް ދިމާވާނެ ހެންނެވެ. އޭރުން އަހަރެންގެ ރޫޕާ މަރުގެ ތުންފަތްމަތިން ސަލާމަތް ކުރެވިދާނެއެވެ."
"ނަސީބު ނަމްބަރޭ ހެއްޔެވެ."
"އާއެކެވެ. އަހަރެން ދެރުފިޔާގެ ޓިކެޓެއް ގަނެފީމެވެ. މާދަމާ ހެނދުނު ނަތީޖާ ނުކުންނާނެއެވެ. އިނާމަކީ ދިހަލައްކަ ރުފިޔާއެވެ. އެފައިސާ އަހަރެންގެ ނަސީބުގައި ލިޔެވިފައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ."
"އަހަރެންވެސް ދުޢާކުރާނަމެވެ. ރޫޕާގެ ފުރާނަ ސަލާމަތްވާން އިރާދަހުރިއްޔާ ތިޔަނަމްބަރު ދިމާވާނެއެވެ."
"ނަންބަރު ދިމާވިޔަސް ނުވިޔަސް އަހަރެންގެ ރޫޕާ މަރުވިޔަކަ ނުދޭނަމެވެ."
"އަހަރެންގެ މަރްޙޫމް ފިރިމީހާގެ އިންޝޫރަންސް އެއްލައްކަ ރުފިޔާ އެބަހުއްޓެވެ. އޭނާ މަރުވީ އެކްސީޑެންޓެއްގައެވެ. އެހުރިހާ ފައިސާއެއް ލިބުނީ އަހަންނަށެވެ. އަދި މިހާރުހުރީ އަހަރެންގެ ނަމުގައި ޖަމާކުރެވިފައެވެ. އަހަރެންގެ މުހިންމު ބޭނުންތަކަށް ޚަރަދުކުރުމަށް އަހަރެން ނަގަނީ މުޅިންވެސް ފައިދާ ބައެވެ. މިހާރު ފައިސާ ނުނަގާތާ ދެއަހަރަށްވުރެވެސް ގިނަ ވެދާނެއެވެ. އިންޓަރެސްޓުން އެކަނިވެސް ވިހިހާސް ރުފިޔާ ހަމަ ވެދާނެއެވެ. އަހަރެން މަންމައަށް ސިއްރުން އެފައިސާ ނަގާފައި ތިރްލޯކްއަށް ދީފާނަމެވެ. އަވަހަށް ރޫޕާގެ އޮޕަރޭޝަން ކުރުވާށެވެ."
ތިރްލޯކަށް ހީވީ ސިކުނޑީގައި ރަނގަބީލުތަކެއް ޖެހެން ފެށިހެންނެވެ. ފަސޭހަ ކަމާއެކު ޖައްވުގައި އުދުހެވެން ފެށި ކަހަލައެވެ. އޭނާ ވަރަށް އުނދަގުލުން ހިންދިރުވާލާފައި ތުރުތުޅު އަޅާ އަޑަކުން ބުންޏެވެ.
"ތި..... ތިޔަ...... ތިޔަބުނަނީ ތެދެއް ހެއްޔެވެ. ޕްރަބާއެވެ."
"ބުނެފިއްޔާ ހަމަ މިހާރުވެސް ޗެކް ލިޔެދީފާނަމެވެ."
"ނޫނެކެވެ. އަހަރެން އިތުބާރު ކުރަމެވެ. މިހާރު އަހަރެންގެ ރޫޕާގެ ފުރާނަ ސަލާމަތް ވެދާނެ ކަމުގައި ޔަޤީން ކުރެވިއްޖެއެވެ. އެކަމަކު ޕްރަބާގެ ތިޔަ ހެޔޮކަމުގެ ބަދަލު އަހަރެން ދޭނީ ކިހިނެއް ބާވައޭ ހިތަށް އަރައެވެ."
"ގޮތެއް އެބައޮތެވެ."
"ބުނާށެވެ. ތިޔަ އިޚްލާޞްތެރި ކަމަށްޓަކައި އަހަރެން ފުރާނަވެސް ދީފާނަމެވެ."
"ފުރާނައަކުން އަހަރެން ކުރާނެކަމެއް އެބައޮތް ހެއްޔެވެ."
"ދެން އޮތީ ކޮންގޮތެއް ހެއްޔެވެ. ބުނާށެވެ."
"އަތް ދިއްކުރާށެވެ."
ތިރްލޯކް އަތް ދިއްކޮށްފިއެވެ. ޕްރަބާ އަނދިރީގެ ތެރެއިން ތިރްލޯކްގެ އަތުގައި ކުޑަކުޑަ މަޑު އެއްޗެއް ލަވައިފިއެވެ... ދެވަނަ ހިނދުކޮޅުގެ ތެރޭގައި ތިރްލޯކްގެ ސިކުނޑި އުދުހިގަތް ކަހަލައެވެ. ނޭވާ އަވަސްވާން ފަށައިފިއެވެ. އޭނާ ވަރަށް އުނދަގުލުން ބުންޏެވެ.
"ތިޔަ .....؟!"
ޕްރަބާ ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ.
"ތިރްލޯކް ޙައިރާންވާނެކަން އަހަންނަށް އެނގެއެވެ. އަދި ތިޔައީ ވަރަށް ރަނގަޅު މީހެއްކަންވެސް އަހަރެން ދަންނަމެވެ. އަދި ރޫޕާ ދެކެ އިންތިހާއަށް ލޯބިވާކަންވެސް އަހަންނަށް އޮޅިފައެއް ނުވެއެވެ."
ތިރްލޯކް ބުންޏެވެ.
"ތިޔަ ހުރިހާކަމެއް އެނގިހުރެވެސް....؟"
"ތިރްލޯކް އެވެ. އަހަރެންގެ ސުވާލަކަށް ޖަވާބު ދީބަލާށެވެ."
"ކޮން ސުވާލެއް ހެއްޔެވެ؟"
"ތިރްލޯކް މިތާގައި ހުންނަތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ."
"އަހަރު ދުވަސް ވަނީއެވެ."
"މިވޭތުވި އެއްއަހަރު ދުވަހުގެ ތެރޭގައި ފަހަރެއްގައިވެސް އަހަރެންގެ ފަރާތުން އެއްވެސް ކަހަލަ ލަދުކުޑަ ކަމެއް ދުށިން ހެއްޔެވެ."
"އަހަރެން ޕްރަބާގެ ކެތްތެރި ކަމާމެދު ޙައިރާންވަމެވެ."
"ތަންދޮރު އޮޅުން ފިލާފައި ހުރުމާއެކު މިކަމުގައި ތިރްލޯކް ޙައިރާންވާކަށް ނުޖެހެއެވެ."
"އަހަންނަކަށް ނުވިސްނުނެވެ."
"ވަރަށް ފަސޭހައިން ވިސްނިދާފަދަ ކަމެކެވެ. ތިރްލޯކް އެވެ. ރޫޕާއަށް ޖެހިގެން އުޅޭ ބައްޔަކީ އޮޕަރޭޝަން ނުކޮށް ފަސޭހަވާނެ ބައްޔެއް ނޫންކަން އެނގޭނެއެވެ."
"އާއެކެވެ."
"ތިރުލޯކް އެވެ. އަންހެނަކަށް ވިޔަސް ފިރިހެނަކަށްވިޔަސް ޤުދުރަތީ ގޮތުން އިންސާނާގެ ހަށިގަނޑުގައި އުފެދިފައިވާ ބޭނުންތަކަކީ ބައްޔެއްފަދަ އެއްޗެކެވެ. ބޭސް ފަރުވާއަކާ ނުލައި ރަނގަޅެއް ނުވެއެވެ. މިސާލަކަށް ކަރު ހިއްކައިގެންފައި، ހުންނަ މީހާއަށް ފެން ނުލިބެނީސް ކަރުހިއްކުމެއް ނުފިލައެވެ. ބަނޑުހައިވެގެން ހުންނަ މީހާއަށް ކާއެއްޗެއް ނުލިބެނީސް ބަނޑުހައި ހޫނުކަމެއް ނުފިލައެވެ. ނިދީގެ އުނދަގޫ ލިބެން ފަށައިފިއްޔާ ނިދާނުލަނީސް ހަށިގަނޑަށް ހަމަޖެހުމެއް ނުލިބެއެވެ.
ތިރްލޯކް އެވެ. ހަށިގަނޑުގެ ހައިހޫނުކަމަކީވެސް ޤުދުރަތީގޮތުން ބަލާއިރު ބަނޑުހައި ހޫނުކަމެކެވެ. މިބަނޑުހައި ހޫނުކަން ނުފިލާހާ ހިނދަކު އެމީހާ ގުދުރަތީ ބޭނުންތަކުގެ އުނިކަން އިޙްސާސް ކުރެއެވެ. އަހަރެން މީހަކާ އިނީ ޢުމުރުން ސޯޅައަހަރުގައެވެ. އަހަރެންގެ ފިރިމީހާ އޭނާގެ ލޯބި ދިނީ ދެއަހަރުދުވަސް ވަންދެނެވެ. ދެން ކުއްލިއަކަށް އަހަރެން ދޫކޮށްދާން ޖެހުނީއެވެ.
އަހަރެންގެ ޢާއިލާއަކީ މުސްކުޅި އާދަކާދައަށް ތަބާވާ ޢާއިލާއެކެވެ. އަހަރެންގެ މަންމަގެ މުޅި ޢުމުރު ހުސްކޮށްލީ ހުވަފަތް ކަންމަތީގައެވެ. މަންމަ ކޮންމެފަދަ ގޮތެއް ހަދައިގެން ނަމަވެސް އަހަރެން ދެވަނަ ކައިވަންޏެއް ކުރިއަކަ ނުދޭނެއެވެ. ފިރިމީހާގެ ކުއްލި މަރުގެ ޒަޚަމު ދޮވެދޮވެ އަހަރެންގެ ޒުވާން ޢުމުރުގެއްލި ހިނގައްޖެއެވެ. އެއަށްފަހު ޙަޔާތުން ބައެއް އުނިވެއްޖެ ކަމުގައި އަހަންނަށް އިޙްސާސް ކުރެވެން ފެށުމުން ގޭތެރޭގެ މަސައްކަތަށް އެނބުރެން ފެށީއެވެ. އަވަށްޓެރި ކުދިންކޮޅަކަށް ކިޔަވާ ދޭން ފެށީއެވެ. އަދި އެހެނިހެން އަތްތެރި މަސައްކަތްވެސް ދަސްކުރަން ފެށީއެވެ.
އެހެން ނަމަވެސް އެއްދުވަހަކު އަހަރެން އެކަނި ގޭގައި އުޅެނިކޮށް އަވަށްޓެރި ފިރިހެން ކުއްޖަކު އައިސް އަހަރެންގެ ޖަޒްބާތުތަކާ ކުޅެލިއެވެ. އަހަރެން އޭނާއާ ދިމާއަށް އެއްޗެތި ގޮވައިގެން ބޭރު ކުރީއެވެ. އެކަމަކު އެދުވަހުން ފެށިގެން އަހަރެންގެ ހަށިގަނޑުގައި ކޮންމެވެސް އެއްޗެއް ކޮންމެ ގޮތަކުން ނަމަވެސް ބޭރަށް ނުކުންނަން އުޅޭ ކަހަލެއެވެ. އަހަރެން އެ ޖަޒްބާތުތައް އޮބެހެއްޓޭތޯ މަސައްކަތް ކުރަމުން އައީއެވެ.
މިހެން އުޅެނިކޮށް ތިރްލޯކް މިގެއަށް އައީއެވެ. އަހަރެން ރޫޕާއާއެކު ގިނަވަގުތު ހޭދަކުރަން ފަށައިފީމެވެ. އެހެން ނަމަވެސް ރޭގަނޑު ތިރްލޯކް އައިސް ކޮޓަރީގެ ދޮރުލެއްޕުމުން އަހަރެންގެ ހިތުގައި ފިރިމީހާގެ ސޫރަ އުފެދިގަނެއެވެ. އަހަރެން އެނދުގައި ރޯމަހެއް ތެޅޭހެން ތެޅިތެޅި އޮންނަމެވެ. އެއަށްފަހު ރޫޕާއަށް ކުއްޖަކު ލިބުނީއެވެ. އަދި އަހަރެން އެކުއްޖާފުޅު އުރައިގެން ވަގުތުތައް ހޭދަކުރަން ފެށީއެވެ. ކުދިން އުރުމާ އަދި ކުދިން ދެކެ ލޯބިވުމުން އަންހެނުންގެ ހިތުގެ އުދާސްކަން ފިލާދެއެވެ. އެކަމަކު މަޢުޞޫމު ކުޑަކުއްޖެއްގެ ލޯތްބަކީ އަންހެނެއްގެ ބޭނުންތެރިކަމުގެ ބަދަލުކަމުގައެއް ނުވިއެވެ.
ތިރްލޯކް އެވެ. އަހަރެން ކެތްކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފީމެވެ. އެކަމަކު އެހެނެއްނުވިއެވެ. ކޮންމެވެސް ދުވަހަކުން މިހަށިގަނޑު ބޮމެއް ގޮވާހެއް ގޮވާފާނެއޭވެސް ހީވާކަހަލައެވެ. އަހަރެން އެތައް ދުޢާއެއް ކޮށްފީމެވެ. ފިނިފެނުން އެތައް ގަޑިއިރެއް ވަންދެން ފެންވެސް ވަރަމެވެ. އެހެން ނަމަވެސް ފިރިއެއްގެ އެހީ ލިބިލިބި ހުރި އަންބެއްގެ ޙައްޤަކަށް އަރައި ނުގަނެ ނުހުރެވުނެވެ.
މިހިސާބުގަނޑުގައިވެސް އަހަންނާ ދިމާއަށް އަސަރުގަދަ ގޮތްގޮތަށް ބަލަމުންގެންދާ ކިތަންމެ ފިރިހެން ކުދީންނެއް އުޅެއެވެ. އެކަމަކު އަހަރެން އަބަދުވެސް އެމީހުނާ ދިމާއަށް ބަލަނީ މަލާމާތުގެ ގޮތުންނެވެ. ދެރަކޮށްލުމުގެ ގޮތުންނެވެ. އެއީ ފަހަރެއްގައިވެސް އެއިން ކުއްޖަކު އަހަންނާ ކައިރިވިޔަ ނުދިނުމަށްޓަކައެވެ. އެހެނީ ޢާއިލާއަށް ހުތުރެއް އެރުމަކީ އަހަރެން އެދޭކަމެއްނޫނެވެ."
ތިރްލޯކް އަޑުއަހަމުން ގެންދިޔައެވެ. ކަންފަތުގައި، ރަނގަބީލު ޖެހެމުން ދިޔައެވެ. އޭނާ މަޑުމަޑުން ބުންޏެވެ.
"އެކަމަކު.... ތިޔައީ ކިހާ ވިޔާނުދާ ޢަމަލެއް ހެއްޔެވެ."
"މިއީ ވިޔާނުދާ ޢަމަލެއްނޫނެވެ. މިއީ ކޮންމެ އިންސާނެއްގެވެސް ޤުދުރަތީ އަދި ނަފްސިއްޔާތީ ބޭނުންތެރި ކަމެކެވެ. އަހަންނަކީ ޖަންގަލީ ވަހްޝީއެއް ނޫނީމެވެ. މިކަމަށްޓަކައި އަހަރެން ތިރްލޯކް ހޮވީވެސް ސަބަބެއް އޮވެގެންނެވެ. އެއީ ތިރްލޯކް އާދައަކަށް ހަދައިގެން ތާއަބަދު އަހަރެންގެ ފަހަތުން އަޅައިގަނެގެން ނޫޅޭނެތީއެވެ. އަހަރެން ބަދުނާމު ނުކުރާނެތީއެވެ. އަދި ކާވަނި ކުރުމަށް ނޭދޭނެތީއެވެ. މިކަމުގެ ކުޑަވެސް ޚަބަރެއް ރޫޕާއާ ހިސާބަށް ނުދާނެ ކަމުގައި އަހަރެން ވަޢުދުވަމެވެ. އަދި އަހަރެން ތިރްލޯކަށް އުނދަގޫކުރާނީ ހަމައެކަނި ކޮންމެދެމަހުން އެއްފަހަރު ކަމުގައި ޔަޤީންކަން ދެމެވެ. ތިރްލޯކްގެ ފަރާތުން ނަހަމަ ގޮތެއްގައި އެއްވެސް ފައިދާއެއް ނުނަގާނަމެވެ."
ތިރްލޯކް މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ. އަނެއްކާވެސް ބުންޏެވެ.
"ތިޔައީ ފާފައެއް ނޫން ހެއްޔެވެ؟"
"ފާފައަކަށް ވާނީ އަހަންނަކީ ކަސްބީއަކަށް ވީނަމަ ނޫން ހެއްޔެވެ."
"އަހަރެން ރޫޕާ ދެކެ ލޯބިވާވަރު އެނގޭނެއެވެ."
"އެހެންވީއިރު މި ޙަރަކާތަކީ އަހަރެންގެ އަންހެނުންނަށް ޣައްދާރީވުމާ އެއްފަދަ ޢަމަލެއް ކަމުގައި ނުވާނެ ހެއްޔެވެ."
"ތިރްލޯކް ރޫޕާއާމެދު ފަރުވާކުޑަ ކޮށްލާފައި ތާއަބަދު އަހަންނާމެދު ޚިޔާލުކުރަން ވެއްޖިއްޔާ އެއީ ޣައްދާރީވުން ކަމުގައި ވާނެކަން ކަށަވަރެވެ. މިސިއްރު ރޫޕާ ގާތުގައި ބުނުމަކީ ޣައްދާރީ ވުމެވެ. އެކަމަކު ތިރްލޯކަކީ ފިރިހެނެއް ކަމުގައި ނުދެކެނީ ހެއްޔެވެ. މިހާރަކަށް އައިސް އަހަރެމެންގެ އަވަށުގައި ފިރިހެނަކަށް ހުއްދަވަނީ އެންމެ އަންބެކެވެ. އެއީ މިހާރުގެ ޤާނޫނު ކަމުގައި ހަމަޖެހެން އުޅޭ ކަހަލައެވެ. އެކަމަކު ރާޖާ ދުޝްރަތް އުޅުއްވީވެސް މިތަނުގައި ނޫން ހެއްޔެވެ. އޭނާގެވެސް އެކަކަށްވުރެ ގިނަ އަނބިން ތިއްބެވެ. އޭނާ ހުރިހާ އަނބިންނާމެދު ގައިވެސް ޢަމަލުކުރެއްވީ ހަމަހަމަ ގޮތުގައެވެ.
ތިރްލޯކް ހިމޭނުން ހުއްޓެވެ. އިރުކޮޅެއް ވަންދެން އޭނާ ޕްރަބާގެ އަވަސް ނޭވާގެ އަޑު އެހިއެވެ. ދެން ޕްރަބާގެ އަޑު ތަންކޮޅެއް ބަރުކޮށް އިވުނެވެ.
"ތިރްލޯކް އެވެ.... ޖަވާބު ލިބިއްޖެއެވެ. ތިރްލޯކަށްް އެއްވެސް ކަހަލަ ފާފައެއް ކުރުމުގެ ހިތްވަރު ނުލިބޭތޯ އަހަރެން ކަލާނގެއަށް ދަންނަވާނަމެވެ. އަދި މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ހިނގިކަންތައް ހަނދާނުން މުޅިން ފޮހެލުމަށް އެދި އާދޭސް ކުރަމެވެ. މާދަމާ ހެނދުނު ތިރްލޯކުގެ ފަރާތުން މަންމައަށް ކޮޓަރި ކުލިވެސް ދޭނަމެވެ. މާދަމާ ދިހައެއްގެ ފަހުން ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެން ބޭރަށް ދާނަމެވެ. އަދި ބޭންކުން ވިހިހާސް ރުފިޔާ ނަގައި ދޭނަމެވެ. ތިރްލޯކް އަވަހަށް ރޫޕާގެ އޮޕަރޭޝަން ކުރުވާށެވެ."
ދެން ޕްރަބާ މަޑުމަޑުން ބޭރަށް ނުކުމެއްޖެއެވެ. އަދި ވަރަށްމަޑުން ދޮރުލައްޕާލިއެވެ. ތިރްލޯކް ސޭކެއްހެން ބަލަހައްޓައިގެން ހުއްޓެވެ.
******************
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 13 އިން 16 އަށެވެ.

ކިޔުންތެރިންގެ ހިޔާލު