މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކާއެކު އެޗްޕީއޭގެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކާއެކު އެޗްޕީއޭގެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ގަވާއިދުން ކަސްރަތުކޮށް ދުޅަހެއު ސިއްހަތެއްގައި ތިބޭ މީހުންނަށް ކޯވިޑް-19 ގެ އަސަރު ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކަން ފާހަގަކުރެވޭ ކަމުގައި އެޗްޕީއޭގެ އެޕްޑޮމެލެޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި ގޭގައި ތިބޭއިރު ބަރުދަން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ދުޅަހެއު ސިއްހަތެއްގައި ތިބުމަށް ގޭގައި ތިބެގެން ކޮންމެވެސް ވަރަކަށް ކަސްރަތު ކުރަން ޖެހޭކަން ޑރ. ޢަފްޒަލް ފާހަގަ ކުރެއްވިއެވެ.

ގޭގައި ކުރެވޭ ތަފާތު އެކި ކަސްރަތުތައް ކުރުން ވަރަށް މުހިއްމުކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވަނީ ޖިމުގައި ބޭނުންކުރާ ވަސީލަތްތަކާއި ކުރެވޭ ކަސްރަތުތަކުގެ މައުލޫމާތު ޓީވީ މެދުވެރިކޮށް އާންމުންނަށް ވީހާވެސް ގިނައިން ދެއްކުމަށް ގޮވާލައްވާފަ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ މީހުންނަށް މި ބަލީގެ ދިފާއީ ބާރު ލިބޭނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ދުޅަހެޔޮ މީހާގެ ހަށިގަނޑަށް މި ބަލީގެ އަސަރުކުރާ މިންވަރު ނިސްބަތުން ވަރަށް މަދު. އޭގެ ތެރޭގައި އެއްގޮތަކަށް ވެސް ސިމްޕްޓޮމް ނުފެނިދާ މީހުންނަށް ބަަލައިފިއްޔާ މިއީ ހަމަ ޒުވާނުންގެ ތެރޭގައި މިކަން މިއޮންނަނީ،" ޑރ.ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ބޯކޮށް ވާރޭވެހޭ ދުވަސްވަރެއް ކަމަށްވާތީ ގެއަށް ފެން ވަނުމާއި ނަޖިސް ލީކުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން އަމިއްލައަށް ހައްލުކުރުމުގެ ކުރިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެމެޖަންސީ ނަމްބަރު، 115 އަށް ގުޅައި، އިރުޝާދު ހޯދުމަށް އާންމުން ނަށް ޑރ. ވަނީ އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން