ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ކުރަން ޖެހޭ މީހުން ގޭގައި ކަރަންޓީން ކުރުމަށް މިހާރުވަނީ ނިންމާފައި (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ކުރަން ޖެހޭ މީހުން ގޭގައި ކަރަންޓީން ކުރުމަށް މިހާރުވަނީ ނިންމާފައި (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19ގެ ނުރައްކާ އޮތް އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް މަޖުބޫރުކޮށްގެން ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ނަގަމުންދާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އެއްވެސް މީހެއްގެ ގަދަކަމުން ސާމްޕަލް ނެގުމުގެ ވިސްނުމެއް މިހާރު ނުގެންގުޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދުވަސްވީ މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރަމުންދަނީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ ގޮތުން ކަމަށާ އެއީ ބައްޔަށް ޝައްކު ކުރެވިގެން ނަގަމުންދާ ސާމްޕަލްތަކެއް ނޫން ކަމަށެވެ.

ބައެއް އާއިލާތަކުން އެ އާއިލާތަކުގައި ތިބި ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ދެކޮޅު ހަދަނީ އެމީހުންނަށް ބަލި ޖެހޭނެ ސަބަބެއް ނެތްކަމަށް ގަބޫލުކޮށް ކަމަށާ އެގޮތަށް ގަބޫލުކުރަނީ އެ މީހުން ބޭރަށް ނުކުމެ ނޫޅޭތީ ކަމަށްވެސް އަފްޒަލް ވަނީ ވިދާޅުވެފައެވެ. ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ފަށާފައިވާ މަސައްކަތަށް އާންމުންގެ އެއްބާރުލުން ލިބެމުންނުދާ ކަމަށް އެންއީއޯސީ އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް-19 ގެ ހައިރިސްކް މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ރެންޑަމްކޮށް ނެގި އުމުރުން ދުވަސްވީ މީހެއްގެ ސާމްޕަލެއް މީގެ ކުރިން ޕޮޒިޓިވް ވެފައިވާ ކަން ފާހަގަކުރެވެއެވެ.

އުމުރުން ދުވަސް ވީ މީހުންނަށް ބަލި ޖެހެނީ އެމީހުން ބޭރަށްދާތީ ނޫންކަމަށާއި ގޭގައި އުޅޭ އެހެން މީހުން ބޭރަށް ގޮސް ބަލި ހިފައިގެން އައުމުން އެންމެ ފަސޭހައިން ބަލި ޖެހޭ އެއް ބަޔަކީ ގޭގައި ތިބޭ ދުވަސްވީ މީހުން ކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ދެކުނު މޫސަ

19-May-2020

މަޖުބޫރު ކޮށްގެންވެސް ނަގަންވީ ސަރުކާރުގެ ގަޓު ހުންނަން އެބްޖެހޭ މިޒާތުގެ ކަންކަމުގަ ސަރުކާރުގެ ބާރު ދެއްކުމަކީ އަނިޔާ އެއްނޫން ސަލާމަތާ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގަ ފަސްޖެހިގެން ނުވާނެ



ޓްރެންޑިން