ކޯވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލި، ފަގީރުވެ، މާލީ ގޮތުން ދަތިކަން މެދުވެރިވާ ކޮންމެ މުސްލިމަކަށް ފިތުރު ޒަކާތް ޙައްޤު ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.މުހަންމަދު ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިމާވެފައި ވަނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިހާރު ކުރިމަތިވެފައިވަނީ ވަގުތީ ހާލަތެއް ނަމަވެސް ފިތުރު ޒަކާތް އެފަރާތްތަކަށް ދިނުން ޖާއިޒު ވާނެ ކަމަށެވެ. ޢަދި މިވަގުތު މާލީ ގޮތުން ދަތިވެފައިވާ ކޮންމެ މުސްލިމަކަށް ވެސް ފިތުރު ޒަކާތް ދިނުން ޖާއިޒްވެގެންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
" އެއީ ވަގުތީ ދަތިކަމެއް ކަމުގައިވިޔަސް މެއެ، އެފަދަ މީހުން ޒަކާތް ހައްގުވާ މީހުންގެ ތެރެއިން ވާނެ." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިހެން ވިދާޅުވި ނަމަވެސް މިއަހަރުގެ ފިތުރުޒަކާތް ބަހާނީ މިދިއަހަރު ތައްޔާރު ކުރި ލިސްޓަށް ބަލައިގެން ކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާއި ހެދި އެތައް ބަޔެއްގެ ވަޒީފާތަށް ގެއްލި، އާނމުދަނީ ލިބޭނެ މަގުތަށް ބަންދުވެ ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ވަޒީފާތަށް ގެއްލި ހާލުގައި ޖެހި އާންމުދަނީ ލިބޭނެ މަގުބަންދުވެފައިވާ ފަރާތްތަކަށް ކުރިއަށް އޮތް ތިން މަހު 5000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.
ޒަކާތަކީ މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ އިސްލާމްދީނުގެ އެއް ރުކުނެވެ. ރަމަޟާން މަހާއި ގުޅިގެން ދެއްކުން ފަރުޟު ކުރައްވާފައިވަނީ ފިތުރު ޒަކާތެވެ.

ކިޔުންތެރިންގެ ހިޔާލު