ރާއްޖޭގައި ތިބި ބޭރުމީހުންތަކެއް ފުރުވާލަނީ ފޮޓޯ: ޝާހް - ރަސްއޮންލައިން
ރާއްޖޭގައި ތިބި ބޭރުމީހުންތަކެއް ފުރުވާލަނީ ފޮޓޯ: ޝާހް - ރަސްއޮންލައިން
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިލިމާލޭ ޑިޓެންޝަންގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރަސް އޮންލައިންއަށްމައުލޫމާތު ލިބިފައިވާގޮތުގައި ޕޮޒިޓިވްވެފައި ވަނީ އެތަނުގައި ބަންދުކޮށްފައި ތިބި ދެ ބިދޭސީއެކެވެ. މިއީ ކޮން މައްސަލައެއްގައި ހައްޔަރުކުރި ބައެއް ކަމާއި، އެމީހުންގެ އުމުރު ވަނީ ސާފުވާގޮތް ނުވެފައެވެ.

އެމީހުން ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މިހާރު ފުލުހުންނަށް އަންގާފައިވާއިރު އެ ދެ މީހުންނާ ކޮންޓެކްޓްވި ފުލުހުން މިހާރު ތިބީ ކަރަންޓީނުކޮށްފައިކަން ވެސް ވަނީ އިތުބާރު ހުރި މަސްދަރަކުން ޔަގީންކުރެވިފައެވެ. ކޮވިޑް ފެތުރެން ފެށުމާއެކު ކުށުގެ  ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހުން ފުރަތަމަ ގެންދަނީ ވިލިމާލޭ ޑިޓެންޝަނަށެވެ. ދޫނިދުއަށް ގެންދަނީ އެމީހެއްގެ ގައިގައި ބަލި ނެތްކަން ކަށަވަރު ކުރުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ  މުއައްސަސާގައި މަސައްކަތް ކުރާ 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް މީގެކުރިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން އެ ފުލުހުންނާއި ކޮންޓެކްޓްވީ ފުލުހުން ވެސް ވަނީ ކަރަންޓީކޮށްފައެވެ.

ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް މާލޭ ޖަލާއި ކ. ހިންމަފުށީ އައްސޭރި ޖަލުން ނެގި ހުރިހާ ރެންޑަމް ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން