ފުލުހުންގެ މަސައްކަތުގައި ކަރަންޓު ޓޭސަރު ބޭނުންކުރަން ފަށަން ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މުހަންމަދު ޙަމީދު މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ސީޕީ ހަމީދުގެ ޓުވީޓުގައި ވިދާޅުވީ މިވަގުތު ޓޭސަރު ބޭނުންކުރަން ފަށަނީ ތަޖުރިބާކުރުމުގެ ގޮތުން ކަމަށެވެ. އަދި އެތަޖުރިބާގެ ބޭނުމަކީ ޢާންމުން ހިމާޔަތްކުރުމަށާއި އޮފިސަރުންގެ ރައްކާތެރިކަން އިތުރަށް ކުރިއެރުވުން ކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮންޑަކްޓު އިލެކްޓްރިކް ވެޕަނަކީ އެހަތިޔާރު ބޭނުންކޮށްގެން ކުރިމަތީގައި ހުންނަ މީހާގެ ހަށިގަނޑަށް ކަރަންޓު ޝޮކެއް ފޮނުވައިލުމަށް ބޭނުންކުރެވޭ ހަތިޔާރެކެވެ. އަދި މިހަތިޔާރު ޢާންމުކޮށް ބޭނުންކުރަނީ ގެއްލުން ބޮޑުވާ ފަދަ ހާލަތެއްގައި އަވަހަށް ހަމަނުޖެހުން ހުއްޓުވައި ފުލުސް އޮފިސަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަން ފާހަގަކުރެވެއެވެ.
ޙަމީދުގެ ޓުވީޓުގައި ވިދާޅުވީ ފުލުހުން ބޭނުންކުރާ މިހަތިޔާރަކީ "ސްމާޓު" އާލާތެއް ކަމަށެވެ. އަދި އެއީ ފުލުސް އޮފިސަރުންނާއި ޢާންމުންނަށް ގެއްލުން ލިބެނިވި ކުޝޫނަތްތެރިކަން (ވައަލެންސް) ތިރިކުރުމުގައި ކާމިޔާބު އާލަތެއް ކަމަށް ސީޕީ ޙަމީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
މިއީ ދިވެހި ފުލުހުން މިފަދަ ހަތިޔާރެއް ފުލުހުންގެ ޚިދުމަތްތަކުގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

With the aim of further improving officer safety & public protection, we are starting to trial the provision of Conducted Electric Weapon (CEW) as a force option. A smart and effective tool to de-escalate violence with potential to harm members of public & officers. #readiness pic.twitter.com/DyBmeIHGNy
— Mohamed Hameed (@M_Hameedh) May 19, 2020
ޙަމީދުގެ ޓުވީޓުގައި ވިދާޅުވީ ފުލުހުން ބޭނުންކުރާ މިހަތިޔާރަކީ "ސްމާޓު" އާލާތެއް ކަމަށެވެ. އަދި އެއީ ފުލުސް އޮފިސަރުންނާއި ޢާންމުންނަށް ގެއްލުން ލިބެނިވި ކުޝޫނަތްތެރިކަން (ވައަލެންސް) ތިރިކުރުމުގައި ކާމިޔާބު އާލަތެއް ކަމަށް ސީޕީ ޙަމީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
މިއީ ދިވެހި ފުލުހުން މިފަދަ ހަތިޔާރެއް ފުލުހުންގެ ޚިދުމަތްތަކުގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު