ރައީސުލް ޖުމްޙޫރިއްޔާ އަފާޟިލް އިބްރާހީމް މުޙައްމަދު ޞާލިހު: ގައުމާއި މުޚާތަބު ކުރައްވަނީ - ފޮޓޯ: ރަސްއޮންލައިން
ރައީސުލް ޖުމްޙޫރިއްޔާ އަފާޟިލް އިބްރާހީމް މުޙައްމަދު ޞާލިހު: ގައުމާއި މުޚާތަބު ކުރައްވަނީ - ފޮޓޯ: ރަސްއޮންލައިން
އެމެރިކާއި ގުޅިގެން ރާއްޖެއިން ކޯވިޑް-19އާއި ދެކޮޅަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19އާއި ދެކޮޅަށް މަސައްކަތްކުރުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގައުމީ ސަލާމަތާއި ގުޅޭ ކަންކަމުގެ އެސިސްޓެންޓް ރޮބަރޓް ސީ އޯ ބްރައިން އާއި މަޝްވަރާ ކުރެއްވިކަމަށެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19އާއި ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން މި އާލަމީ ވަބާ އިން ސަލަމަތްވުމަށް ކުރަމުން ގެންދާ މަސައްކަތުގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭންވީ ކަންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ސަރވިސަސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދެގައުމުން ކޯވިޑް-19އާއި ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާއި، އަދި އިގްތިސާދު އަލުން އާރާސްތުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ކްރިޓިކަލް ކެއަރގެ އެހީތެރިކަން މި ހައްސާސީ ދަނޑިވަޅުގައި ދޭނެކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

އަދި ދުނިޔޭގެ އިގްތިސާދު އަލުން އިއާދަވާއިރު އެކި ގައުމުތަކުން ދަރަނިން ސަލާމަތްވުމަށް އެހީތެރިކަން ދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެމެރިކާ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


27

އަލީބުހާރީ

19-May-2020

އެމެރިކާ އޮތީ ކޮވިޑްގައި ފެއިލް ވެފައި. އެމް.ޓީ.ސީ.ސީ ވެސް ތިއެމެރިކާ އަށްވުރެ ފައްކާވާނެ ތިކަމުގައި. މަޝްވަރާކުރާ ނައިބު ރައީސްތޯ ތިކަމުގައުޅުނީ. އެހެން ކަމެއް ނެތް މަގާމެއް. އެކަމަކު ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ މިހާލަތުގައި ވެސް. މުޢުނީގެ މުސާރަ އެންމެން ކިޔަނީ ބޮޑޭ. އަރަތެއް. މުޢުނީ ހާދަ މަސައްކަތެއް ކުރާތީއީ ކަރަންޓު ނުކެނޑި މިވަރުވަނީ.



ޓްރެންޑިން