މިސްރުގެ ގާހިރާގެ މަންޒަރެއް
މިސްރުގެ ގާހިރާގެ މަންޒަރެއް
މިސްރުގެ މަންސޫރާ ޕްރޮވިންސްގައި ހުންނަ ހޮސްޕިޓަލެއްގައި ކޯވިޑް-19 ޖެހިގެން މަރުވި މީހެއްގެ އަންހެނުން އެ ހޮސްޕިޓަލަށް ދިޔުމުން އޭނާގެފިރިމީހާ އޭނާއަށް ނާންގައި އެހެން އަންހެނަކާއި ކައިވެނިކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ދެވަނަ އަނބިމީހާ ކޯވިޑް-19 އަށް ޓެސްޓުކުރުމަށް އެހޮސްޕިޓަލަށް ދިޔުމުންނެވެ.

ގާހިރާއާއި 120 ކިލޯމީޓަރު ދުރުގައި އޮންނަ މަންސޫރާގައި ހުންނަ އަލް ޞަދްރް ހޮސްޕިޓަލަށް 58 އަހަރުގެ އެ މީހާ ގެނައީ ނިއުމޯނިއާގެ އަލާމާތްތަކެއް ފެނިގެން ދިރްކިނިސް ޕްރޮވިންސްގެ މިތް މުޖާހިދް އަވަށުންނެވެ. ކުރިން ދިމާވެފައިހުރި ބައްޔެއްގެ ސަބަބުން އޭނާގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާކަމަަށް ޑޮކްޓަރުން ގެންދިޔައީ ބުނަމުންނެވެ. ކޯވިޑް-19 އަށް ޝައްކުކުރެވޭތީ، ވައިރަހަށް ޓެސްޓުކުރެވުނު އިރު އޭނާވަނީ ނެގެޓިވްވެފައެވެ. ދެވަނައަށް ކުރެވުނު ޓެސްޓުވަނީ ޕޮޒިޓިވްވި ނަމަވެސް، ކްރިޓިކަލް ސާމްޕަލްތައް ނެގުމުގެކުރިން ބަލިމީހާގެ ހާލު ބޮޑުވެގެން މަރުވީއެވެ.

ހޮސްޕިޓަލުން މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ ގަލްފް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާއިލާއަށް މި ހަބަރު އެންގުމާއެކު، އޭނާގެ އާއިލާއިން ހަށިގަނޑާއި ހަވާލުވުމަށް ހޮސްޕިޓަލަށް އައެވެ. ނަމަވެސް، އަނބިމީހާ ފުރަތަމަ ހޮސްޕިޓަލަށް އައުމުން ހާމަވެގެންދިޔައީ ފިރިމީހާގެ ބޮޑު ސިއްރެކެވެ. ދެވަނަ އަންހެނަކާއި ފިރިމީހާ ކައިވެނިކޮށްފައިވާކަމެވެ.

ޓަނާހް އަވަށަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މި އަންހެން މީހާވެސް ހޮސްޕިޓަލަށް އައީ އޭނާގެ ފިރިމީހާގެ ހަށިގަނޑާއި ހަވާލުވުމަށެވެ. އަދި ފިރިމީހާއަށް ބަލި ޖެހުނުއިރު އޭނާ އުޅެމުންދިޔައީ ދެވަނަ އަނބިމީހާއާއެކު ޓަނާހް އަވަށުގައިކަން ފާހަގަކުރަމުން ހަގު އަނބި ބުނީ އޭނާވެސް ބައްޔަށް ހުށައެޅިފައިވާކަމަށް ޝައްކުކުރެވޭކަމަށެވެ.

މަންޒަރު ދުށް ފަރާތްތަކުން ކިޔައިދިން ގޮތުގައި ފުރަތަމަ އަނބިމީހާއާއި އޭނާގެ ދަރިންނަށް އެމީހުންގެ ބައްޕަ އެހެން އަންހެނަކާއި ކައިވެނިކޮށްގެން އުޅޭތާ އެތައް އަހަރެއް ވެފައިވާކަން ފަޅާއެރުމުން ލިބިފައިތިބީ ބޮޑު ހައިރާންކަމެއް ކަމަށެވެ. އަދި ދެވަނަ ބަނޑަށް ދެކުދިން ލިބިފައިވާއިރު، ހަގު އަނބިކައިރިއަށް ދަތުރުކުރާއިރު އޭނާގެ އާއިލާކައިރީގައި ބުނަމުން ގެންދިޔައީ ދަތުރުކުރަނީ މަސައްކަތުގެ ކަންކަމުގައި ކަމަށެވެ.

އޭގެއިތުރުން މި ދެ އަންހެނުންގެ މެދުގައި ޒުވާބެއް ހިނގިކަމަށާއި، ދޮށީ އަނބި ފިރިމީހާގެ ހަށިގަނޑު ބާއްވާފައި ދިޔައީކަމަށް މަންޒަރުދުއް ފަރާތްތަކުން ކިޔައިދިނެވެ. އެ ފިރިހެން މީހާގެ ހަށިގަނޑު ހޮސްޕިޓަލްގެ މޯގްގައި ދެދުވަސްވާންދެން އޮތްކަމަށާއި، އެންމެ ފަހުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އާއިލާގެ އެހެން މެންބަރުން އައިސް ހަށިގަނޑާއި ހަވާލުވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ދެވަނަ އަނބި ކޮރޯނާވައިރަހަށް ޓެސްޓުކުރުމުން އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ނޫހުން ބުނެފައިވެއެވެ. އޭނާ މިހާރުވަނީ ހޮސްޕިޓަލްގައި އައިސޮލޭޓްވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން