ކޯވިޑް-19ގެ ބަލިމަޑުކަމުން ރާއްޖެއަށް އަރައިގަނެވޭނީ ކެތްތެރިކަން އިސްކޮށްގެން ކަމަށް ވިދާޅުވެ، ދާޚިލީ ވަޒީރު އިމްރާން އަބުދުﷲގެ ރައީސް މުހަންމަދު ނަޝީދަށް "ނުސީދާ" ރައްދެއް ދެއްވައިފިއެވެ
ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ ނުސީދާގޮތަކަށް ރައީސް ނަޝީދަށް މިފަދަ ރައްދެއް ދެއްވާފައި މިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ އިމްރާނުގެ ނުސީދާ ރައްދު މިއައީ، އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށާ އަދި އެމަނިކުފާނުގެ ކެތްތެރިކަން ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށް، ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ދެއްކެވި ވާހަކަ ތަކަށް އިޝާރަތް ކުރައްވާ ކަމަށް ބެލެވެއެވެ.
"އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން ދާ ތަން، އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް." ރަށްރަށަށް ދާން ބޭނުންވާ މީހުން ނުފޮނުވޭތީ ހިތްހަމަޖެހިވަޑައިނުގެން އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް ހޯމް މިނިސްޓަރ އިމްރާނު ގެ ޓުވީޓްގައި ވަކި ބޭފުޅެއްގެ ނަމެއް ނުގެންނަވައެވެ. އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ރައްޔިތުން ކެތްތެރިކަން އިސްކޮށް އެއް ރޫހެއްގައި މަސައްކަތްކޮށްގެން ކަމަށެވެ.
މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހައްލު ކުރަން، މަސައްކަތް ނުކުރެވޭނަމަ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް އޮންނާނެ ކަމަށް އިއްޔެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ މަގާމުން ވަކިކޮށް އާ ބޭފުޅަކު އެމަގާމަށް އައްޔަން ކުުރަންޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) އިއްޔެ ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު