ކޯވިިޑް-19 އާއި ގުޅިގެން މާލެއާއި އަތޮޅުތަކުން ގޭގެއާއި އިމާރާތްތަކާއި ފިހާރަތަކާއި ރަށްރަށްވެސް މޮނިޓަރިންގ ހާލަތަށް ގެނަސްފައިވޭ (ރަސް ފޮޓޯ- ޝާހް)
ކޯވިިޑް-19 އާއި ގުޅިގެން މާލެއާއި އަތޮޅުތަކުން ގޭގެއާއި އިމާރާތްތަކާއި ފިހާރަތަކާއި ރަށްރަށްވެސް މޮނިޓަރިންގ ހާލަތަށް ގެނަސްފައިވޭ (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19 އަށް ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން އިތުރު 6 މީހަކު ރަނގަޅުވެ، ރާއްޖޭގައި މި ބަލީން ފަސޭހަ ވީ މީހުންގެ ޖުމުލަ 80 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ވެބްސައިޓުގައި ވަނީ މިކަން އާންމުކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 1106 މީހަކަށް ކޮވިޑު ޖެހިފައިވާއިރު ނުވަ މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ތިބީ 2 ބަލިމީހުން ކަމަށެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި، އަނެކަކުގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މި އުމުރުފުރައަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން