ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރުން ނިއްމާ ނިއްމުންތައް ނިއްމަންވާނީ މަޖިލީހުގެ މެމްބަރުންގެ ބަހުސާއި، ލަފަޔާއި އެކުގައި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޢެމަނިކުފާނު މިހެން ވިދާޅުވީ ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް މަރުހަލާ ކުރިއަށް ދިޔަ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުގެ ވެރިން ނިއްމަވަނީ ވަރަށް އުދަނގޫ ނިއްމުންތަކެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އެކަންކަން ނިންމަންވާނީ މަޖިލީހުގެ މެމްބަރުންގެ ބަހުސާއި، ލަފަޔާއި އެކުގައި ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

"ފުރާނައިގެ ސުން ޕަސަންޓް ކާމިޔާބު ކުރުމަށްޓަކައި ދެން އަޅުގަނޑުމެން މި ދޫކޮށްލަން ޖެހެނީ ކިތައްް ޕަސަންޓްގެ ދިރިއުޅުންތޯ، ކިތައް ބައެއްގެ އާމްދަނީތޯ، ކިތައް ބައެއްގެ އާއްމު ދިރިއުޅުންތޯ މި ހުންނަނީ ފަސޭހަ ނިންމުންތަކެއް ނޫން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވުމުން ފަހަތަށް ޖެހި އަނެއްކާވެސް އިތުރަށް ބަލި ކޮންޓްރޯލް ވާނެ ގޮތެެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މި ދަނޑިވަޅުގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ފާޅުކުރައްވާ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ކަމާބެހޭ އިދާރާތަކުން ހައްލެއް ގެނައުމަށް ނުވަތަ އެކަން ކަމަށް ފިޔަވަޅު އެޅުން ލަސްވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ އަމާޒަކީ އިތުރު ރަށްތަކަށް ކޯވިޑް-19 ފެތުރުނަ ނުދިނުން ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވިނަމަވެސް މަޖިލީހުގެ ޖަލްސާގަައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފަައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަލިޖެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ސަރުކާރުން ނިންމާ ނިއްމުންތައް ނިއްމަންވާނީ މަޖިލީހުގެ މެމްބަރުންގެ ބަހުސާއި، ލަފަޔާއި އެކުގައި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވި ނަމަވެސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމާގުޅިގެން ސަރުކާރުން ނިންމުންތައް ނިއްމާނީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޢަލީ އަހުމަދު

20-May-2020

އަވަހަށް މިކަލޭގެ މަޖިލިހުގެ ރައީސްކަމުން ވަކުކުރަންވީ. ކެތްނުކުރެވިގެން ރައީސުލްޖުމްހޫރިއްޔާ ކާލަފާނެ.


6

ޙަލިމު

20-May-2020

ތަންކޮޅެއް މައިތިރި ވާހެން ހީވީމަ މިއޮއް ވަންނަނީ މަޑުމަޑުން. ޢެޗް ޕީ ޢޭ ބޭރު



ޓްރެންޑިން