ކޯވިޑް-19 އާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުން ފޮނުވާލުގެ މައްސަލާގައި ރައީސް ނަޝީދުގެ ވިސްނުމަށް އިދިކޮޅުން ތާޢީދުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މާލޭގައި ޙާލުގައި ޖެހިފައިތިބި ރަށްރަށުގެ ރައްޔިތުންނަށް ޙައްލުތަކެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަކަމަށެވެ.
"މާލޭގައި ޙާލުގައި ޖެހިފައި މިތިބަ ރަށްތަކުގެ ރައްޔިތުންނަށް ޙައްލުތަކެއް ހޯދައިދިނުމަށް މިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތްތަކެއް ފެއްޓެވިކަން އަޅުގަނޑުވެސް ފާހަގަކުރަން. އެހެން ނަމަވެސް އެކަށީގެންވާ ޙައްލެއް އަދިވެސް ނުފެންނަކަމީ ހިތާމަހުރިކަމެއް. އެތައް ރައްޔިތުންނެއް ނިކަމެތިވެގެން އެދަނީ ހަމައެކަނި މާލޭގައި ތިބެ. ތަފާތު ކުރުންތައް މިކަމުގައިވެސް އޮތްކަން ފާހަގަކުރަން."
ޝިޔާމް ވިދާޅުވީ މިކަމުގައި ސަރުކާރުން ކިރިޔާވެސް އަވަސްކޮށްލާ ގޮތަށް މަންޒަރު ފެނުނީ، މަޖިލީހުގެ ރައީސް ދެއްވި ޕްރެޝަރުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް ކަރަންޓީން ކުރުމަށްޓަކައި ހައްދުންމަތީ މީހާ ގެންދަނީ ފާދިއްޕޮޅަށް ކަމަށާއި، ފާދިއްޕޮޅު މީހާ ގެންދަނީ ހައްދުންމައްޗަށް ކަމަށާއި، މިއީ މިކަމުގެ ތެރެއިންވެސް ނާޖާއިޒް ފައިދާ ހޯދުމަށް ކުރާ ކަމެއް ކަމުގައި އޭނާ ތުހުމަތުކުރެއްވިއެވެ.
"ރާއްޖެއިން ބޭރުން މީހުން ގެނަސް ލަގްޒަރީ ފެސިލިޓީތަކުގައި އައިސޮލޭޓްކޮށް ނިމިއްޖެ. އެހެން ނަމަވެސް ރަށްރަށުން ކުރު ދަތުރުތަކުގައި މާލެއައިސް ތިބި ފަރާތްތައް އަދިވެސް ޙާލުގައި ޖެހިފައި ތިބިކަމީ ހިތާމަކުރަންޖެހޭ ކަމެއް. އެއްބިލިއަނެއްހާ ރުފިޔާ ޚަރަދުވީއިރު މިކަމަށް ޙައްލެއް ނައިސް އޮތުމަކީ ވަރަށްބޮޑު މައްސަލައެއް." ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، މާލޭގައި ތާށިވެފައި ތިބި މީހުންގެ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނާއި، އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށާއި، އެކެތްތެރިކަން ހިފެހެއްޓޭނީ ވެސް ވަކިވަރަކަށް ކަމަށެވެ.
އެކި ބޭނުންތަކުގައި މާލެއަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މީހުން ރަށަށް ފޮނުވުމުގެ ކަންކަމަކީ މުހިއްމު ކަމެއް ކަމަށް ނުފެންނަ ސަބަބެއް އެމަނިކުފާނަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
އެންއީއޯސީން ބުނެފައިވަނީ ރަށްރަށުން މާލެއައިސްތިބި 1600 އެއްހާ މީހުން ރަށަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު