ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގޮތަށް ނިންމާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 36 ވަނަ ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުމަކީ، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގައި ކޮމިޝަންގެ ހަތް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ބުނެފައި ވެއެވެ.
އެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން، ކޯޓް އަމުރެއް ނެރުމުގައި، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ގާނޫނުއަސާސީއާ ހިލާފަށް އަމަލު ކުރައްވާފައިވާ ކަމަށްބުނާ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައި ވާ ފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމައި ކޮމިޓީިން ބެލުމަށްފަހު، މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ކޮމިޓީން ބަަލަން ނިންމާފައިވާ އެއް މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލެވުނެވެ. މިގޮތުން ތަހުގީގު ކޮމިޓީ އެކުލަވާލެވުނީ ކޯޓު އަމުރު ނެރުމުގައި ގާނޫނުއަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އަމަލުކޮށްފައިވާ ކަމަށް ބުނެ މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް." ޖޭއެސްސީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
މިފަހުން ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ބަލާފައެވެ. އަދި މީގެ ތެރެއިން ބައެއް ފަނޑިޔާރުންނަށް ފިޔަވަޅުވެސް އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު