ރާއްޖޭގެރީތި ރިސޯޓެއް- ކޮރޯނާވައިރަހާއި ގުޅިގެން މުޅި ފަތުރުވެރިކަން ވަނީ ހުއްޓިފައި
ރާއްޖޭގެރީތި ރިސޯޓެއް- ކޮރޯނާވައިރަހާއި ގުޅިގެން މުޅި ފަތުރުވެރިކަން ވަނީ ހުއްޓިފައި
މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމުން އެއްވެސް އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޓަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

މަޓީން މިހެން ބުނެފައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ގައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ރައްޔިންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ދީފައިވާ މައުލޫމާތުގައެވެ.

"މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީއެއް ލިބޭނެކަމަށް އުއްމީދު ނުކުރެވޭ ކަމަށާއި ކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފިއުޗާ ރެވެނިއު ފޯކާސްޓް މި ދަނޑިވަޅުގައި ހެދިދާނެކަމަށް ނުބެލެވޭ ކަމަށް (މަޓީ) އިން މައުލޫމާތު ދީފައިވާ" ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަޓީން ބުނެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަންނަން ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި މި ބަލިމަޑުކަމުގައި ހާލަތު މިގޮތަށް އޮއްވައި ދަތުރުފަތުރު ކުރުމުގެ އިތިބާރު ލިބި އާންމު ހާލަތަށް އައުމަކީ ނާދިރު ކަމެއް ކަމަށެވެ.

މަޓީން މިހެން ބުނެފައިވާއިރު، މީގެ ކުރިން ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވެސް ވަނީ، އެންމެ ވޯސްޓްކޭސް ސިނާރިއޯގައި މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާ ނުލެވޭނެ ކަމަށްވިދާޅުވެފައެވެ.

އެހެން ނަމަވެސް ލޮކްޑައުން ރަނގަޅަށް މަސައްކަތް ކޮށްފިނަމަ އެންމެ އުއްމީދީ ހާލަތުގައި އަންނަ ޖުލައި މަހު ޓޫރިޒަމްގެ މަސައްކަތް ފެށިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަޓީން މިގޮތަށް މައުލޫމާތު ދީފައި ވީނަމަވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުން މިހާރު ވަނީ ޖޫމް މަހުން ފެށިގެން ކޮޓަރި ވިއްކުމަށް ހުޅުވާލާ ބޮޑެތި ޑިސްކައުންޓް ޕެކޭޖްތައް އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ހޮޑާލިބެ

20-May-2020

މަޓީ އަށް ވަހީ ބާވަތްލައްވައިފި ، މީކޮން ބަޔެއް ؟ އެއުޅެނީ ދިވެހިންނަށް ވަޒީފާ ނުދީ ، ރައްތަކަށް ދައްކައް ޖެހޭ ކުލި ނުދައްކާ މީހުން ނަދެޔޭ ކިޔައިގެން އެވެސް ކަޑައިލަން ވެގެން ، މިހާޜު ތިބީ ބޯގޯސް ސަރުކާރެއްނޫން



ޓްރެންޑިން