އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް
މަރުތަކާއި، ޚިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަންތަކަށް މަޖިލީހުން ނުދޭނެ އެއްބާރުލުމެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޙަސަން ލަތީފް ވަނީ، ގޮތް ނޭނގޭ މަރުތަކާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނާއި، ސަރުކާރުން ގެއްލިފައިވާ ހިޔާނާތުގެފައިސާ ހޯދުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ބެލުމަށް ދަތިތަކެއް ހުރިނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހަށް އެންގުމަށް އެދިވަޑައިގެންފައެވެ.

"އެކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވަންވީ ކަމަކީ، އެމަނިކުފާނު އުފައްދަވާފައިވާ ކޮމިޝަންތަކަށް ދަތިތަކެއް ކުރިމަތިވާނަަމަ، އަދި އެކަންކަމަކީ މަޖިލީހަށް ކޮށްދެވެން ހުރި ކަމެއްކަމަށް ވާނަމަ އެކަން މަޖިލީހަށް އެންގެވުން." ޙަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ނިއު ނޯމަލް ގައި އަމަލު ކުރަން ޖެހޭ އިރުޝާދުތަކާއި އެއްގޮތަށް ކޮމިޝަންތަކުގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެ ގޮތުން ކޮރަޕްޝަން ބަލާ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަތައް އަވަސް ކުރަން ޖެހޭ ކަމަށެވެ.

އަދި މަރުތަކާބެހޭ ކޮމިޝަނާއި، ޚިޔާނާތުގެ މައްސަލަބަލާ ކޮމިޝަނަށް ދަތިވާކަންކަން ޙައްލުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ރައީސް ޞާލިޙަށް ކޮށްނުދޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން