ރައީސް ނަޝީދާއިި ރައީސް ޞާލިޙް
ރައީސް ނަޝީދާއިި ރައީސް ޞާލިޙް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޚިޔާނާތްތެރިވެ ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ސަރުކާރަށް ފާޑުކިޔަނީ، ރައީސް ޞާލިޙްގެ ޚިޔާނާތުގެ އެއްވެސް ކަމެއް ނޯންނާނެ ކަން އެ މެމްބަރުންނަށް ޝައްކެއްނެތި ކަށަވަރު ވާތީ ކަމަށާއި، އަދި އެއީ ވަރަށް ބޮޑު ތެދެއް ކަމަށެވެ.

"ޢިއްޒަތްތެރި މެމްބަރުންނަށް އެބަ އެނގިވަޑައިގަންނަވާ ރައީސުލް ޖުމްހޫރިއްޔާ މިކަމުގައި އިހުމާލެއް ނުވާނެކަން. މިސާލަކަށް ނާޖާއިޒް ފައިދާއެއް ނެންގެވުން. ނުވަތަ ފައިސާގެ ކަމެއްގައި. އަޅުގަނޑަށް ކަށަވަރު މި މަޖިލީހުގެ މެމްބަރުންނަށް އެކަމުގައި ސަތޭކައިން ސަތޭކަ ޔަޤީންކަމެއް އޮތީމާ، މެމްބަރުންނަކަށް އެއްވެސް މައްސަލައެއް ނެތް ފާޑެއް ވިދާޅުވާކަށް."

ރައީސް ނަޝީދު ވިދާޅުވީ، ޚިޔާނާތާއި، އިހުމާލުގެ ކަމެއްގައި ރައީސް ޞާލިޙް ސަލާމަތް ކުރުމަށް ދައްކަންޖެހޭނެ ވާހަކައެއް ނޯންނާނެކަން އެމްޑީޕީގެ މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އެބަ އެނގިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެކަން. އެހެންވީމާ މެމްބަރުންނަށް ވަރަށް މިނިވަންކަމާ އެކީގައި ކަންކަމުގައި ހުރި ނުރަނގަޅު ކަންކަން ފާހަގަ ކުރަމުން ގެންދެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މެމްބަރުން ކުރަށްވަމުން ގެންދަވާ މަސައްކަތަކީ ޤައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ދެކެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ މެމްބަރުން ފާޑުކިޔަން ކަންބޮޑު ނުވާނެ ކަމަށާއި، އެހެން ނަމަވެސް ކުރީގެ ރައީސުލް ޖުމްހޫރިއްޔާއާމެދު ކުރީގެ މަޖިލީހުގެ މެމްބަރުންނަށް އެފަދަ އިތުބާރެއް ނެތުމުން މިހާރު އެމްޑީޕީގެ މެމްބަރުން މަސްއޫލިއްޔަތު އަދާކުރާ ޖޯޝާ ފޯރީގައި އެ މެމްބަރުންނަށް މަސްއޫލިއްޔަތު އަދާ ނުކުރެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޔަމިން

20-May-2020

ރައީސް ނަޝީދު އަކީ އިހުލާސް ތެރިވެރިއެއް ޔަމިން ކަހަލަ ވަގެއް ނުން


19

މާލް

20-May-2020

ރޭވިގެން ކުރަމުން, ބައިއަޅަމުދާ ކަންކަން ,އެންމެން ވެސް ރަގަނޅު,


-6

މާލް

20-May-2020

ރޭވިގެން ކުރަމުން, ބައިއަޅަމުދާ ކަންކަން ,އެންމެން ވެސް ރަގަނޅު,


21

ބޭބެ

20-May-2020

ތިބޭ ފުޅާ އިހަކަށްދުވަހު ޚިޔާނާތް ވިރުފިޔާކޮޅުދަށްކަން އެދުނިންތަ ޕާޓީކުދިންކައިރީ


-10

ާއެލެކްސް

20-May-2020

ޢެލެކްސް އަހައްމަދު ފަދަ ވަގަކު މަދުވާނެ ޥަގައްނަގާ ހުރިހާ ލީޔަނުގެ ކުންފުނީގެ ނަމުގައި ވަގު އެކަުނޓްއެއްގައި އަދި އެ ފައިސާ ޖަމާ ކުރަނީ ކެނެރީގޭ މުހައްމަދު ނަޝީދު އަބިމީހާ ގެ ފިިރިމީހާގެ އަންހެނުން އިދެގެން މީހެއްގެ ނަމުގައި އިނގިރޭސި ވިލާތުގައި ހުންނަ ބޭންކެއްގައި އޮންނަ ވަަގު އެކަުންތަކައް އެހެންވީމަ ވައްކޟެއް ނުކުރާނެ ތިޖޫރީ ހުރިތާ ވަޅުގަދުވެސް ނުހުންނާނެ



ޓްރެންޑިން