ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
"އިންޖީނުގޭ ކުދިންނަށް" މަޖިލީހަށް ސިޓީ ނުފޮނުވޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ސްޓެލްކޯ އަށް ވަރުގަދަ އިންޒާރެއްދެއްވައިފިއެވެ.

ރައީސް ނަޝީދު މިފަދަ އިންޒާރެއް ދެއްވާފައިވަނީ ސްޓެލްކޯގެ އެމްޑީގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މަޖިލީހަށް ސިޓީ ފޮނުވޭނީ ވަޒީރުންނަށް ކަމަށާއި، "އިންޖީނުގޭ ކުދިންނަށް" މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ.

"ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ ބޭފުޅަކަށް ވެސް ސިޓީ ލިޔެވޭނެ. އަދި ބޭނުންވާ ކޮންމެ އެއްޗެއް ވިދާޅު ވެސް ވެވޭނެ. އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އިންޖީނުގޭ ކުދިން ސިޓީއެއް ނުފޮނުއްވާނެ. ޤާނޫނުން 2/68، އެ ޖާގައެއް ނުދޭ. މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުން ދެއްވަންޖެހޭނެ." ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000 ރުފިޔާ ލިބޭކަން ވަނީ ހާމަވެފައެވެ. ޢެސިޓީ އާންމުވެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ސްޓްލެކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ އެމްޑީ އަށް ލިބެނީ "އޭ" ކެޓަގަރީގައި ހިމެނޭ އެހެން ކުންފުނިތަކުގެ އެމްޑީންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ކަމަށާއި، މުސާރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން