ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށައި، އަދި ޓްވީޓާ އާއި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރަން ނިއްމައިފިއެވެ.
ސްޕްރީމް ކޯޓުން އެގޮތަށް ނިއްމައިފައިވަނީ ޞިއްޙީ ޚާއްޞަ ޙާލަތްތަކުގައި ޝަރީޢަތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އެކޯޓުން މިއަދު ވަނީ އެގަވާއިދު އާންމުކޮށްފައެވެ.
ސުޕްރީމް ކޯޓަށް ހުށައެޅޭނެ މައްސަލަތަކާއި މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތަކާއި ޝަރީއަތްކުރިއަށް ގެންދާނެ އުސޫލުތަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ކޯޓުން މިއަދު ނެރުނު ގަވާއިދުގައި ބުނެފައިވަނީ މީހުން ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ހާލަތްތަކުގައި އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށް ކަމަށެވެ. އަދި ހާލަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރާ ކޯޓު ރޫމުގައި ނުވަތަ އެ ނޫން އެހެން ތަނެއްގައި ވެސް ފަނޑިޔާރުން ތިބެގެން އެފަދަ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.
އެކަމަކު ކޮންމެ ތަނެއްގައި ތިބެގެން އަޑުއެހުންތައް ކުރިއަށް ގެންދިޔަޔަސް، ވަކީލުން ކޯޓު ފަޓުލޫނުގައި ތިބެން ޖެހޭއިރު، ފަނޑިޔާރުން ތިބޭނީ ގައުނު ތުރު ކުރައްވައިގެން ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ. ހެކިންނާއި އެކްސްޕާޓުންގެ ހެކިބަސް ވެސް އޮންލައިންކޮށް ނެގުމާއި ހުކުމް ކުރުމުގެ އަޑުއެހުންތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އެކަމަކު އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންދިޔަޔަސް ޝަރީއަތުގެ އާންމު އުސޫލުތައް އެފަދަ އަޑުއެހުންތަކުގައި ވެސް ހިފަހައްޓަން ޖެހޭ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން ލިޔުންތަކާއި ބަޔާންތަކާއި ކޯޓު އަމުރުތައް ފޮނުވުމާއި ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ގަވާއިދު ބުނެ އެވެ. އަދި ބަޔާންތަކުގައި ވަކީލުން ސޮއި ކުރުމުގެ ބަދަލުގައި، ބަޔާން ލިޔާ މުވައްޒަފުން ސޮއިކުރާ ގޮތަށް ހަމަޖެއްސުމާއި އީމެއިލް މެދުވެެރިިކޮށް މައްސަލަތައް ހުށަހެޅޭ ގޮތް ވެސް ހަމަޖައްސައިފައިވާ ކަމަށް ސްޕްރީމް ކޯޓުން ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުން ބުނީ އޮފީސްތައް ބަންދު ކޮށްފައިވާ މުއްދަތުގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު ނުހިނގާ ގޮތަށް ކުރިން ހަމަޖެއްސިޔަސް، މިއަދުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް އެ މުއްދަތު ހިނގަން ފަށާނެ ކަމަށެވެ.
މިއީ ފަނޑިޔާރުން ކޯޓަށް ހާޒިރު ނުވެ އޮންލައިން ޕްލެޓް ފޯމެއް މެދުވެރިކޮށް ރާއްޖޭގައި ޝަރީއަތް ކުރިއަށް ގެންދަން ނިންމި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެއެވެ. މީގެކުރިން އެހެން ކޯޓްތަކުގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް ކޮށް ކުރިއަށް ގެންގޮސްފައިވެ އެވެ

ކިޔުންތެރިންގެ ހިޔާލު